އޮބާމާ ވަދާއީ ތަގުރީރު ކުރައްވައިފި

Obama Publicly Backs Means-Testing Medicare

ޑިމޮކްރަސީ ހިމާޔަތްކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އެމެރިކާގެ ރައްޔިތުންގެ ކިބައިން އެދި ވަޑައިގެންފިއެވެ. މަގާމުން ވަކިވެވަޑައިގެންނެވުމުގެކުރިން ދެއްވި އެންމެފަހުގެ ތަޤްރީރުގައި އަންގާރަދުވަހު އޮބާމާ ވިދާޅުވީ ހުރިހާގޮތަކުންބެލިނަމަވެސް މީގެ އަށް އަހަރުކުރިޔަށްވުރެ އެމެރިކާ މިހާރު ވަރުގަދަ ވެފައިރަގަޅުކަމުގައެވެ. ނަމަވެސް އޮބާމާ ވިދާޅުވީ ދާނެގޮތަކަށްދާން ދޫކޮށްލައިފިނަމަ ޑިމޮކްރަސީ ބަލިކަށިވެގެންދާކަމަށާ ، ޑިމޮކްރަސީ އޭގެ ޒާތުގައި ދެމެހެއްޓުމަށް މަސައްކަތްތަކެއް ކުރަންޖެހޭނެކަމަށެވެ.

މިހާރު އުމުރުފުޅުން ފަންސާސްފަސް އަހަރުގެ ބަރަކް އޮބާމާއަކީ އެމެރިކާގެ ފުރަތަމަ ކަޅުނަސްލުގެ ރައީސް އެވެ. ދެހާސް އަށްވަނަ އަހަރު އޮބާމާ ރައީސްކަމާ ހަވާލުވެވަޑައިގެންފައިވަނީ އުންމީދާ ހެޔޮބަދަލް ތަކެއް ގެނެސްދެއްވާނެކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް އޮބާމާއަށް ފަހު ރައިސްކަމާ ހަވާލުވެވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕްވަނީ އޮބާމާގެ ބަޔެއް މުހިންމު ޕޮލިސީތައް ބަދަލް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އޮބާމާގެ އެންމެފަހުގެ ތަޤްރީރު ދެއްވާފައިވަނީ ، ރައީސްކަމުގެ ކާމިޔާބީވެސް އެންމެފުރަތަމަ އިއުލާން ކުރެއްވި ޗިކާގޯ ސްޓޭޓްގައި ބޭއްވި އެއްވުމެއްގައެވެ. އާދަކާދައިގެމަތިން ރިޔާސީ ގަޑުވަރު ވައިޓްހައުސްއިން ވަދާއީ ތަޤްރީރު ނުދެއްވާ ޗިކާގޯ ސްޓޭޓްގައި ވަދާއީ ތަޤްރީރްދެއްވީ ރިޔާސީ މަސައްކަތްޕުޅުފެއްޓެވީވެސް އެސްޓޭޓުންކަމަށްވާތީ ކަމަށް އޮބާމާ ވަނީ ވިދާޅުވެފައެވެ.

އޮބާމާ ޗިކާގޯއަށް ކުރެއްވި ދަތުރުފުޅަކީ ރައީސްގެ މަގާމުގައި ހުންނަވައިގެން ކުރެއްވި އެންމެ ފަހުގެ ދަތުރުފުޅެވެ. އަދި ރިޔާސީ ދަތުރުތަކަށްޚާއްސަ މަތިންދާބޯޓް އެއާފޯސްވަންގައި ކުރެއްވި ހަތަރުސަތޭކަސާޅީސްފަސްވަނަ ދަތުރުފުޅެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.