ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވެވަޑައިގެންފައިވަނީ ރާއްޖޭގައި މިހާރުއޮތް ސަރުކާރަށްހުރި ވަރަށްބޮޑު ބިރަލަށް ކަމަށް މަޑުއްވަރީދާއިރާގެ މެމްބަރު އަދ ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިނިވަން ކުރައްވަން ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ކުރަމުންދާ މަސައްލަތުގެ ތެރެއިން ޗެނަލް 13 ރޭ ވާހަކަ ދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރ ޝަރފް ވިދާޅުވީ މި ސަރުކާރުން ރައީސް ޔާމީންދެކެ ވަރަށްބޮޑަށް ޖެހިލުންވާ ކަމަށެވެ. އެމަނިކުފާނު ޖަލަށް ލެއްވީވެސް އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ދޫކޮށްލައްވާފައި ބަހައްޓަވައިފި ކަމަށްވާނަމަ ސަރުކާރުން ކުރައްވަމުން ގެންދަވާ ދޯހަޅި ކަންކަމާއި ނުކުރެވިގެންދާ ކަންކަމަށް އެމަނިކުފާނުގެ ފާޑިކިޔުންތައް ވަރަށް ބޮޑަށް އަމާޒުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޔަމީން ޖަލަށް ލެއްވި ސަބަބާބެހޭ ގޮތުން ޝަރީފް ވިދާޅުވިއެވެ.
އޭނާ ވަނީ މިދިޔައަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ނާކާމިޔާބުވި ސަބަބާ ބެހެގޮތުން ވެސް ވާހަކަ ދައްކަވައިފައެވެ. އޭގެ އަސްލު ސަބަބު ރައީސް ނަޝީދު މިހާރު އެވަނީ ވިދާޅުވެދެއްވައިފައި ކަމަށް އޭނާވިދާޅުވިއެވެ. އެއީ އިންޑިއާގެ ނުފޫޒުންވީ ކަމެއް ކަމަށް ރައީސް ނަޝީދުވަނީ ހަމާކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. "ރައީސް ޔާމީން ކުރިންވެސް ވިދާޅުވީ އެމަނިކުފާނަށް އިންތިޚާބު ނާކާމިޔާބުވި ސަބަބުން އަދި އެނގޭނެޔޭ. އެއީ ވަރަށް ދުރުވިސްނިވަޑައިގަންނަވާ ބޭފުޅެއް އެއީ ބައިނަލް އަގުވާމިފަރާތްތަކާ ގުޅުން ބާއްވަންވީ މިންވަރު ދެނެވަޑައިގަންނަވާ ބޭފުޅެއް،" ޝަރީފް ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ރަށްރަށަށް ވަޑައިގެންނެވުމުން ލިބިވަޑައިގެންނެވި ތަރުހީބަށް ބަލާއިރުވެސް އިންތިޚާބު ގެއްލުމުން އެކަން ބަލައިގަންނަން ދަތިވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.