ގިނަ ޢަދަދެއްގެ ފައިސާތަކެއް ގައްދޫ ގެއަކުން ވަގަށް ނަގައިފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދައިފައިވާ ފައިސާތަކެއް

ގދ. ގައްދޫ ގެއަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށްނަގައިފިއެވެ. ފުލުހުން ވިދާޅުވީ އެއްހާސް ޑޮލަރާއި ނުވަދިހަސް ފަސް ހާސް ރުފިޔާ ވަގަށް ނަގައިފައިވަނީ ރޭ ފަތިހު 5:30 އެހައިކަންހާއިރު ކަމަށެވެ. އެ ފައިސާތައް ވަގަށް ނަގައިފައިވަނީ އުމުރުން ދުވަސްވީ ދެމަފިރިއަކު އުޅޭ ގެއަކުންނެވެ.

ފުލުހުން ވިދާޅުވީ ވައްކަންކުރި މީހުން އެގެއަށް ވަދެފައިވަނީ ގޭގެ ދޮރު ހަލާކުކޮށްލައިގެން ކަމަށެވެ. މިމައްސަލާގައި އެއްވެސް މީހަކު އަދި ބަންދުކޮށްފައެއް ނުވެއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ. ރާއްޖޭގައި ވައްކަމާއި ފޭރުން ހުއްޓުވުމަށްޓަކައި ފުލުހުންނާއި ކަމާގުޅޭ އެހެން އިދާރާތައް ގުޅިގެން މިހާރުވެސް ގެންދަނީ މަސައްކަތަކެއް ކުރައްވަމުންނެވެ. އަދި އެކަންކަން ހަރުދަނާ ކުރުމަށް ވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.