އިނގިރޭސިވިލާތުުގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގައި ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ ކޮންޒާވެޓިވް ޕާޓީން ގާނޫނުހަދާ މަޖިިލީހުގެ ތިރީ ގެ، ހައުސް އޮފް ކޮމަންސްގެ އަޣުލަބިއްޔަތު ހޯދައިފިއެވެ.
އިނގިރޭސިވިލާތް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަކިވުމުގެ މައްސަަލައިގައި އުފެދުނު ދެބަސްވުންތަކުގެ ސަބަބުން، އެގައުމުގެ 4 އަަހަރުގެ ތެރޭގައި ބޭއްވި 3 ވަަނަ އާއްމު އިންތިޚާބުގައި ވާދަކުރި ހައުސް އޮފް ކޮމަންސްގެ 650 ގޮނޑީގެ ތެރެއިން ކޮންޒާވެޓިވް ޕާޓީން ވަނީ 365 ގޮނޑި ކާމިޔާބުކޮށްފައެވެ. މިއީ އެންމެ ފަހުން ބޭއްވި އިންތިޚާބުގައި އެޕާޓީން ކާމިޔާބުކުރި އަދަދަށް ވުރެ 47 ގޮނޑި އިތުރު އަދަދެކެވެ.
މިއިންތިޚާބުގައި އިދިކޮޅު ލޭބާ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ. އެ ޕާޓީއަށް ލިބުނީ ކުރީގެ އިންތިޚާބުގައި ކާމިޔާބުކުރި 262 ގޮނޑިއަށްވުރެ 59 ގޮނޑި މަދުންނެވެ. އެއީ 203 ގޮނޑިއެވެ. މީގެ އިތުރަށް ސްކޮޓިސް ނޭޝަނަލް ޕާޓީން 48 ގޮނޑި، ލިބަރަލް ޑިމެކްޓިކް ޕާޓީން 11 ގޮނޑި، ޑިމޮޮކްރެޓިކް ޔުނިއަނިސްޓް ޕާޓީން 8 ގޮނޑި އަދި އުތުރު އަޔަލޭންޑް ޝިން ފޭން އިން ވަނީ 7 ގޮނޑި ކާމިިޔާބުކޮށްފައެވެ.
މި ނަތީޖާއާއެކު ބޮޑުވަޒީރު ބޮރިސް ޖޮންސަންއަށް ވަނީ އޭނާ ބޭނުފުޅުވާ ގޮތަށް އަންނަ ޖަަނަވަރީ މަހުގެ 31 ވަނަ ދުވަހު އީޔޫއިން އިނގިރޭސިވިލާތް ވަކިކުރައްވައި، 'ބްރެގްޒިޓް' ހަގީގަތަކަށް ހެއްދެވުމުގެ ބާރު ލިބިވަޑައިގެންފައެވެ.
ވޯޓުުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %67 ވޯޓުލާން ނުކުން މިއިންތިޚާބު ސިފަކުރެވިފައި އޮތީ މި ފަހުގެ ތާރީޚެއްގައި އިނގިރޭސިވިލާތުގައި ބާއްވާ އެންމެ މުހިންމު އިންތިޚާބުގެ ގޮތުގައެވެ. އިނގިރޭސިންގެ މުސްތަގުބަލާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކާމެދު ބަސްބުނަން ލިބޭ ފުރުސަަތަކަށް ވާތީއެެެެވެ. އިނގިރޭސިން މިވަނީ ސާފުކޮށް އެމީހުން އެދޭ ގޮތް ނިންމައި ބޮރިސް ޖޮންސަންއަށް އޭނާގެ ސިޔާސަތު ކުރިއަށް ގެންދެވުމުގެ ފުރުސަތު ދީފައެވެ.
"އާއްމުން މިވަނީ ބްރެގްޒިޓް ނިންމާލުމަށް (އިނގިރޭސިވިލާތް އީޔޫން ވަކިވުން ހަގީތަކަށް ހެދުމަށް) ވަރުގަދަ އިޚްތިޔާރެއް ދީފައި." އިންތިިޚާބުގެ ނަތީޖާއަށް ފަހު ވާހަކަފުޅު ދައްކަވަމުން ބޮރިސް ޖޮންސަން ވިދާޅުވިއެވެ.