ޓްރިޕަލް އެކްސް: ދަ ރިޓަރން އޮފް ޒެންޑަރ ކޭޖް އާ ގުޅޭ ގޮތުން ދީޕިކާގެ ޚާއްޞަ މެސެޖެެއް

ބޮލީވުޑުގެ މަޝްހޫރު ފިލްމީތަރި ދީޕިކާ ޕަޑުކޯންގެ  ހޮލީވުޑަށް ތަޢާރަފުވާ ފިލްމު މި ޖެނުއަރީ މަހު ތިއޭޓަރުތަކުގައި އަޅުވާނެއެވެ.

މި ފިލްމުގެ ނަމަކީ ޓްރިޕަލް އެކްސް: ދަ ރިޓަރން އޮފް ޒެންޑަރ ކޭޖް (XXX: The Return of Xander Cage) އެވެ. މި ފިލްމު ތިއޭޓަރު ތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ ވިހިވަނަ ދުވަހުއެވެ. އެހެންނަމަވެސް ދީޕިކާ ވަނީ އޭނާގެ ދޭސީ ސަ÷ޕޯޓަރުންނަށް ވަރަށް ޚާއްޞަ މެސެޖެއް ދީފައެވެ. ދީޕިކާގެ މެސެޖުގައިވާ ގޮތުން ފިލްމު ނެރެން އޮތް ދުވަހުގެ ކުރީން އިންޑިއާގެ ސިނަމާތަކުގައި ޖެނުއަރީ ސާދަވަނަ ދުވަހު ފިލްމު އަޅުވާނެއެވެ. ދީޕިކާއަށް ތާއީދުކުރާ މީހުން ބޭނުންވަނީ ދީޕިކާއާއެކު ފިލްމުގެ ކާސްޓްވެސް  އިންޑިއާގައި ފިލްމު އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރުމަށެވެ. އެހެންކަމުން ދީޕިކާ ވަނީ 'އިންޑިއާ' ގެ ފަރާތުން ފިލްމުގެ ކޯ ސްޓަރ ވިން ޑީސަލް އަށް އިންޑިއާއަށް އައުމަށް ދައުވަތު ދީފައެވެ. އިންޑިއާ ވިން އާ ބައްދަލުކުރުމަށް ކެތްތެރިކަން ކުޑަ ވެފައި އޮތް ކަމަށާއި ޖެނުއަރީ ތޭރަ އަދި ސާދައިގައި ބައްދަލުވާނެ ކަމަށް ދީޕިކާގެ ޓްވީޓުގައި ވެއެވެ. ދީޕިކާ މިވަގުތު ދަނީ ނިއުޔޯކުގައި ފިލްމު އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ ފިލްމު ކުރިޓިކެއް ކަމުގައިވާ ރަޖީވް މަސާންދަށް  އޮކްޓޯބަރު މަހު ދިން ބަސްދީގަތުމެއްގައި ވިން ޑީސެލް ވަނީ ދީޕިކާއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. ރަޖީވް މަސާންދް ވަނީ ދީޕިކާގެ ފަރާތުން ވީޑިއޯ މެސެޖެއް ވިން ޑީސަލްއާ ހިއްސާކޮށްފައެވެ. މި ވީޑިއޯގައި ދީޕިކާ ވަނީ ވިން ޑީސަލް އަށް ދެ ސުވާލު ހުށަހަޅާފައެވެ. "ފިލްމުން ޑެނީއަށް އެންމެ ކަމުދާ މަންޒަރަކީ ކޮބާ؟ އަދި ފިލްމުގެ މަސައްކަތުގައި އުޅުނު ދުވަސްވަރު އެންމެ ހެއްވާ ކަމަކަށް ދިމާވީ ކޮންކަމެއް؟" ޖަވާބުގައި ވިން ޑިސަލް ބުނެފައިވަނީ ދީޕިކާ އަކީ އޭނާއަށް ވަރަށް ވަރަށް ޚާއްޞަ ކުއްޖެއްކަމަށާއި ފިލްމުގެ ހުރިހާ މަންޒަރެއްވެސް ވަރަށް ކަމުދާ ކަމަށެވެ. އަދި މުޅި ދުނިޔެއަށް ދީޕިކާ ތައާރަފުކުރުމުގައި ބައިވެރިވެވޭތީ ފަޚުރުވެރިވާކަމަށްވެސް ވިން ބުންޏެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.