2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދުނިޔެ ނިމި، އެންމެން މަރުވާނެ!

2017 އަހަރު ދުނިޔެ ފަނާވާނެ ކަމަށް ރިސާޗް ސައިންޓިސްޓު އަދި ޕްލެނެޓް އެކްސް: ދަ 2017 އެރައިވަލްގެ މުސައްނިފު ޑޭވިޑް މީޑް ބުނެފިއެވެ.

މީޑް ބުނެފައިވާ ގޮތުގައި މިއަހަރުގެ ސެޕްޓެންބަރު މަހު ނުވަތަ އޮކްޓޯބަރު މަހު ދުނިޔެއާ އެހެން ޕްލެނެޓެއް މުޑިއަރާނެ ކަމުގެ ފުރިހަމަ ހެކި އެބަހުއްޓެވެ. މީޑް ގަބޫލު ކުރާގޮތުގައި މި ލޮޅުމުން ސަލާމަތް ވުމަށް މުއްސަނދިން މިހާރު ދަނީ ބިމު އަޑީގައި އެމީހުން ދިރިއުޅޭނެ އިމާރާތްތައް ހަދަމުންނެވެ.

މީޑް ދެކޭގޮތުގައި މިވާހަކަ ސިއްރުކޮށްފައިވަނީ އާއްމުން އެކަމާ ހާސްވެ ކަންބޮޑުވާނެތީއެވެ. މިހާރަކަށް އައިސް ބިން ހެލުންތައް އާދަޔާ ޚިލާފަށް އިތުރުވެއްޖެ ކަމަށާއި ބާރުގަދަ ތޫފާން އަންނަ މިންވަރުވެސް އިތުރު ވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ދުނިޔޭގެ ބޭރު ފަށަލައިގައި ރެނދުލުން އިތުރުވެފައިވާ ކަމަށާއި ދުނިޔެ ހޫނު ވާ މިންވަރު އިތުރުވެ ހޫނުކަން ގިނައިރު ތަކަކަށް ދެމިގެންދާ ކަމަށްވެސް އޭނާ ބުނެއެވެ.

"ސެޕްޓެންބަރު 23 ވަނަ ދުވަހު ހަނދު ފެންނާނީ ކޮންސްޓެލޭޝަން ވާރގޯ ގެ ތިރީންނެވެ. އަދި އިރުން ވާރގޯ ނިވާ ކުރާނެއެވެ. މި ހަރަކާތުގެ ސަބަބުންް އާ ބަދަލެއް މި އުފަންވަނީ ހަމައެކަނި 2017 އަހަރުއެވެ." މިއީ އެކި ޕްލެނެޓްތައް ވާރގޯގެ ފައިކަށި ހުރަސްކުރާ ދުވަސްވަރެވެ. ޖުޕިޓަރ އުފަންވާނީ 9.9.2017 އެވެ.

މިއާ ވިދިގެން ދެވަނަ ހަރަކާތެއް އުފެދެއެވެ. ޕްލެނެޓް X އިރުގެ ވަށައިގެން އައިސް މުޅި ދުނިޔެ ނިވާ ކުރާނެއެވެ. މި އިރުކޭތައިގެ ސަބަބުން ފުރިހަމަ ހަނދު ފާޅުވާ އިރު ހަނދަށް ހިޔަނި އެޅޭނެވެ. އެ ފުރިހަމަ ހަނދު ފާޅުވާނެ ތާރީޚަކީ 2017 އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހެވެ.

ދުނިޔެ ނެތި ފަނާވާނެ ކަމާމެދު ޝައްކެއްވެސް ނެތެވެ. ނެޕްޓިޔުން ގެ ފުރަގަހުގައި ގޮތް ނޭނގޭ ޕްލެނެޓެއް ވާ ކަމަށާއި އެ ޕްލެނެޓުގެ ސަބަބުން ދުނިޔެ ފަނާވާނެ ކަމަށް ކޮންސްޕިރަސީ ތިއަރިސްޓުން ލަފާކުރާތާ އަހަރުތަކެއް ވެއްޖެއެވެ. އެ ޕްލެނެޓަށް އެމީހުން ދީފައިވާ ނަމަކީ ނިބިރޫ ނުވަތަ ޕްލެނެޓް އެކްސް އެވެ. އެކަމާ މެދު ކަންބޮޑުވާނެ ކަމެއް ނެތެވެ. 2015 އަހަރުގެ ސެޕްޓެންބަރު މަހާއި ޑިސެންބަރު މަހުވެސް ނިބިރޫ ދުނިޔެއާ މުޑިއަރައި ދުނިޔެ ފަނާވާނެ ކަމަށް ލަފާކުރެވުނެވެ. އޭގެ ކުރިންވެސް އެކިފަހަރު މަތިން ދުނިޔެ ފަނާވެ ނެތިދާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މިކަހަލަ ޚަބަރުތައް ކޮންމެ އަހަރަކުވެސް އިންޓަނެޓުގައި ދައުރުވެއެވެ.

ޑޭވިޑް މީޑް އަކީ ވަރަށް ތުއްތު އިރުން ފެށިގެން މީހުންގެ ސިކުނޑީގައި ހުންނަ އެއްޗެހި ދެނެގަންނަ (މައިންްޑް ރީޑް ކުރާ) މީހެކެވެ. އޭނާ އަކީ ރިސާޗު ސައެންޓިސްޓެއްގެ އިތުރުން މެންޓަލިސްޓެއްވެސް މެއެވެ.              

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.