ޗައިނާއިން ހުޅުމާލޭ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ޚާއްސަ ސެންޓަރެއް ހުޅުވަނީ

ޗައިނާ ސަރުކާރުގެ އެއީގައި ހުޅުމާލޭ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ޚާއްސަ ސެންޓަރެއް ހުޅުވަން ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ޖަނަވަރީމަހު ކުރީކޮޅު ހުޅުޅުވުމަށް ހަމަޖެހިފައިވާ ސެންޓަރު ހުޅުވުމަށްފަހު ލޮލުގެ ބަލިތަކަށް ޚާއްސަކޮށްގެން ކޭމްޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އެ ސެންޓަރު ހުޅުވުމުގެ ގޮތުން ބާއްވާ ކޭމްޕެއް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

މި ކޭމްޕު ބާއްވާނީ ޗައިނާގެ މެޑިކަލް ޓީމަކާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެންނެވެ.  ކޭމްޕުގައި ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ލޮލުގެ ފުސަކެހުމާއި، ގުލްކޯމާއި، ހަކުރުބަލީގެ ސަބަބުން ލޮލަށް ލިބޭ ގެއްލުން ތަކަށެވެ. އޭގެ އިތުރުން ލޮލުގެ ކޮއަށް ދިމާވާ ބަލިތަކަށް ވެސް ފަރުވާދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މިކަންކަމުގެ އިތުރުން ލޮލުގެ ނަމްބަރު ނަގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ އެ ކޭމްޕުގައި ފަރުވާ ދިނުމަށްޓަކައި މިހާރު ގެންދަނީ މީހުން ސްކްރީން ކުރަމުންނެވެ. ސްކްރީން ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 1417 އަށް ގުޅުއްވައިގެން ސްކްރީން އެޕޮއިންޓްމަންޓް ހެއްދެވުމަށްވެސް އެތަނުން އެދިވަޑައިގެންނެވިއެވެ.

މި ސެންޓަރު ގާއިމް ކުރުމަށްފަހު ޗައިނާގެ މެޑިކަލް ޓީމަކުން އެތަނުގައި ފަރުވާ ދެމުން ގެންދާނެ ކަމަށްވެސް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.