ރިޝްވަތު ހިއްޕެވި މައްސަލައެެއްގައި އިލާހްއާބާދު ހައިކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ސީބީއައިއިން ދައުވާ އުފުލަން ނިންމައިފި

އިންޑިޔާގެ އުއްތަރްޕްރަދޭޝްގެ އިލާހްްއާބާދު ހައިކޯޓުގެ ފަނޑިޔާރު ނާރާޔަން ޝުކްލާ ރިޝްްވަތު ހިއްޕަވާފައިވާ ކަމަށް ބުނެ އޭނާގެ މައްސަލައި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ތަހުގީގުކުރަން ފަށައިފިއެވެ.

ސީބީއައިން ބުނީ އަލަށް ދަރިވަރުން ވެއްދުން 2017 ވަނަ އަހަރުގެ މޭމަހު އިންޑިޔާ ސަރުކާރުން މަނާކުރި ލަކްނޯގެ މެޑިކަލް ކޮލެޖެއް ކަމުގައިވާ ޕްރަސާދް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްއާ އެއްކޮޅަށް އަމުރަށް ނެރުއްވުމަށް ފަނޑިޔާރު ރިޝްވަތު ހިއްޕަވާފައިވާ ކަމުގައެވެ.

މިމައްސަލައިގައި ފަނޑިޔާރު ޝުކްލާގެ އިތުރަށް ޗަތީސްގަޅް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އައިއެމް ޤުއްދޫސީއާއި، ޕްރަސާދް އެޑިޔުކޭޝަން ޓްރަސްޓްގެ އިސް ވެރިން ކަމުގައިވާ ޕްރަަސާދް ޔާދަވްއާއި ޕާލާޝް ޔާދާވްގެ އިތުރަށް އެހެން ދެމީހެއްގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެވެ. ސީބީއައި އޮފިސަރުން މިއަދު ވަނީ ލަކްނޯގައި ފަނޑިޔާރު ނާރާޔަން ޝުކްލާ ދިރިއުޅުއްވާ ގެއާއި، ނިއުދިިއްލީގައި ކުރީގެ ފަނޑިޔާރު ދިިރިއުޅުއްވާ ގެ ފާސްކޮށްފައެވެ.

ފެންވަރު ދަށްވެގެން އިންޑިޔާގެ އެޑިޔުކޭޭޝަން މިނިސްޓްރީން މޭ 2017 ގައި ފިޔަވަޅު އެޅި 46 މެޑިކަލް ކޮލެޖުގެ ތެރޭގައި ޕްރަސާދް މެޑިކަލް އިންސްޓިިޓިއުޓްވެސް ހިމެނެއެވެ.

އެ ކޮލެޖުން 24 އޮގަސްޓް 2017 ގައި މި މައްސަލަ އިލާހް އާބާދު ހައިކޯޓަށް ވެއްދުމަށްފަހު، ކުރީގެ ފަނޑިޔާރު ޤުއްދޫސީއާއި، ޕްރަސާދް އޮގަސްޓް 25 ވަނަ ދުވަހު ހެނދުނު ފަނޑިޔާރު ޝުކްލާއާއި އޭނާގެ ގޭގައި ބައްދަލުކޮށް ރިޝްވަތު ދިންކަަމަށް ސީބާއައިގެ ދައުވާގައި ބުނެފައި ވެއެވެ. އަދި ހަމަ އެދުވަހު އެ ކޯޓުން ވަނީ ޕްރަސާދް މެޑިކަލް އިންސްޓިޓިއުޓް ބޭނުންވީ އަަމުރު ނެރެދީފައެވެ.

ފަނޑިޔާރުގެ މައްސަލަ ތަހުގީގުކުރުމުގެ ހުއްދަ ޗީފް ޖަސްޓިސް އޮފް އިންޑިޔާ ރަންޖަން ގޯގޯޖީ ވަނީ ފާއިތުވި ޖުލައި މަހު ދެއްވާފައެވެ.

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަރާތުން ވާހަކަދެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި މިއީ އިންޑިޔާގެ ހައިކޯޓެއްގައި މަސައްކަތް ކުރައްވާ ފަނޑިޔާރަކު މަގާމުގައި ހުންނަވަނިކޮށް އޭނާގެ މައްްޗަށް ދައުވާ އުފުލަން ނިންމި ފުރަތަމަ ފަހަރެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.