ކައިވެނި ޕާޓީއެއްގައި ގޭސް ހޮޅިއެއް ގޮވައި 11 މީހުން މަރުވެއްޖެ

އީރާނުގެ ކުރްދިސްތާނު ޕްރޮވިންސުގެ ސަޤިޒްގައި ކުރިއަށް ދިޔަ ކައިވެނި ޕާޓީއެއްގައި ގޭސް ފުޅިއެއް ގޮވުމުގެ ސަބަބުން 11 މީހުން މަރުވެ 34 މީހުން ޒަޚަމްވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި 5 ކުޑަކުދިންވެސް ހިމެނެއެވެ.

"މަދުވެގެން 11 މީހުން ވަނީ މަރުވެފައި. 5 ކުޑަކުދިވެސް މަރުވި މިހާދިސާ ހިނގާފައި ވަނީ ސަޤިޒް ޝަހަރުގައި ރޭ ހަފުލާއެއް އޮތް ހޯލެއްގައި." މެހެރް ނިއުސް އެޖެންސީން ބުނެފައި ވެއެވެ. މެހެރް އިން ބުނި ގޮތުގައި އެެތަނުން ސަލާމަތް ވާން މަސައްކަތްކުރުމުގެ ތެރޭގައި ގިނަ ބަޔަކު ޒަޚަމްވެފައި ވެއެވެ.

ކުރްދިސްތާން ޕްރޮވިންސުގެ ޑެޕިއުޓީ ގަވަރުނަރު ޙުސައިން ހުޝަކްބަލް ވިދާޅުވި ގޮތުގައި ޒަޚަމްވީ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު ތިން މީހެއްގެ ހާލު ވަަރަށް ދެރައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.