ސްރީދޭވީގެ ބަޔޮގްރަފީ ލޯންޗުކޮށްފި

ސްރީދޭވީގެ ބަޔޮގްރަފީ، 'ސްރީދޭވީ:ދި އިޓަރނަލް ސްކްރީން ގޮޑެސް' ލޯންޗުކޮށްފިއެވެ.

މި ފޮތް ލޯންޗުކުރީ އޭނާގެ ފިރިމީހާ ބޯނީ ކަޕޫރާއި، އޭނާގެ އެންމެ ގާތް ޑައރެކްޓަރު ގޯރީ ޝިންޑޭ އާއި ދީޕިކާ ޕަޑުކޯން އެވެ. ސްރީދޭވީގެ ބަޔޮގްރަފީ ލިޔުނީ ސަތްޔާކް ނަޔަކެވެ. ފޮތުގެ އިސްބަސް ލިޔުނީ ކާޖޮލް އެވެ. ކާޖޮލް ނެރުނު ބަޔާނެއްގަިއ ބުނިގޮތުގައި އޭނާ ބޮޑުވީ ފިލްމުސެޓުގައާއި ބޮޑުސްކްރީނުން ސްރީދޭވީ ބަލަމުންނެވެ. ފޮތުގެ އިސްބަސް ލިޔަން އޭނާއަށް ފުރުސަތު ދިންކަމަށްޓަކައި އޭނާވަނީ ފޮތް ޝާއިއުކުރި ފަރާތްކަމަށްވާ ޕެންގުއިންއަށް ޝުކުރު އަދާކޮށްފައެވެ.

ކުއްލި ގޮތަކަަށް ސްރީދޭވީ މަރުވީ 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މަރުވިއިރު އޭނާވަނީ ފިލްމީދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށް އެތައް ބައެއްގެ ހިތް އަތުލައިފައެވެ. އޭނާ މަރުވި އިރު އުމުރަކީ 54 އަހަރެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.