ރައީސް ޔާމީން މާފުށީ ޖަލަށް ބަދަކޮށްފި

ފަސް އަހަރަށް ޖަލަށްލުމަށް ޙުކުމްކުރައްވާފައިވާ ރާއްޖޭގެ ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން މާފުށީ ޖަލަށް ބަދަލުކޮށްފި ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

އެމަނިކުފާނަށް ޙުކުމް ކުރެއްވުމަށްފަހު ބަހައްޓާފައި ހުންނެވީ މާލޭ ޖަލުގައެވެ. އެޖަލުގައި އެމަނިކުފާނު ބަހައްޓާފައިހުރި ގޮޅިއާމެދު ހިތްހަމަނުޖެހިގެން އެމަނިކުފާނުގެ ޤާނޫނީވަކީލުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެތަނުގައި އެފަދަ ބޭފުޅަކު ބަހައްޓަންޖެހޭވަރުގެ ވަސީލަތް ނެތްކަމަށާއި އެންމެކުޑަމިނުން ރަނގަޅު ފާޚާނާއެއް ވެސް ނެތް ކަމަށް ވަކީލުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުންއެމަނިކުފާނު ވަގުތުން ގެއަށް ބަދަލުކޮށްދިނުމަށް ވަކީލުން ވަނީ އެދިފައެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުން ރޭ ވަނީ އެމަނިކުފާނު ބަހައްޓާފައިހުރި މާލޭ ޖަލުކައިރިއަށް ގޮސް މުޒާހަރާވެސް ކޮށްފައެވެ. މުޒާހަރާއިން ރޭ ވަނީ ބައެއް މީހުން ބަންދުވެސް ކޮށްފައެވެ. އެހެންނަމަވެސް ބަންދުކުރި މީހުންގެ ޢަދަދެއް ފުލުހުން ހާމައެއް ނުކުރައްވައެވެ. އެހެންނަމަވެސް ބަންދަށް ގެންދިޔަ މީހުން މިހާރުވަނީ ދޫކޮށްލައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.