ފޯރިގަދަ ޙަރަކާތްތަކާއެކު އުރީދޫ ކަލަރ ރަން މާދަމާ ފަށަނީ

Ooredoo Color Run held at Hulhumale Central Park on 8th December 2017

އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ  ކަލަރ ރަންގެ ފޯރިގަދަ ޙަރަކާތްތަކާއެކު ހުޅުމާލޭގައި މާދަމާ ފަށާނެއެވެ. މިޙަރަކާތް ހޮނިހިރު ދުވަހުގެ ނިޔަލަށް   (ނޮވެމްބަރ 29 އަދި 30) ކުރިއަށްދާނެ ކަމަށް އުރީދޫން ވިދާޅުވިއެވެ.

މިއީ އާއިލާ އާއި ރައްޓެހިންނާއި އެކު ހިތްގައިމު ވަގުތުތަކެއް ހޭދަކުރުމަށް ފުރުސަތު ހޯދައިދިނުމަށް  އުރީދޫ އިން ބާއްވާ ޙަރަކާތެކެވެ.

އުރީދޫ މޫދު އުފާ

އުރީދޫ ކަލަރ ރަން ވީކެންޑަށް ހާއްސަކޮށްގެން ތައާރަފްކުރެވޭ މޫދު އުފާ އަކީ، އާއިލާ އާއި ރައްޓެހިންނާއި އެކު މޫދަށްގޮސް، ވަރަށް ތަފާތު ކުޅިވަރުތަކާއި މުބާރާތްތައް ހިމެނޭ ހަރަކާތެކެވެ. ހަމައެހެންމެ، އުރީދޫގެ ކެފޭ ޕާޓްނަރުންގެ ސްޓޯލްތަކުގައި ތަފާތު ބުއިންތަކުގެ އިތުރުން ދިވެހިންގެ މެދުގައި މަގުބޫލު ކެއުންތައްވެސް ލިބެން ހުންނާނެއެވެ. މޫދުއުފާގެ ޙަރަކާތް ކުރިއަށްދާނީ މާދަމާ ހެނދުނު 8:00 އިން 10:00 އަށެވެ. މިޙަރަކާތުގެ ތެރޭގައި ކުރިއަށްދަނީ ވާދެމުން، ވެލި ހުނަރު ނުވަތަ ސޭންޑް އާޓް މުބާރާތް، ބަކެޓް ރިލޭ، މާބަލް ހަންޓެވެ. މި ހަރަކާތްތަކުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓަރ ކުރާކަށް ނުޖެހޭނެއެވެ.

އުރީދޫ ކައިޓް ފެސްޓިވަލް

މިހަރަކާތް ކުރިއަށް ދަނީ މާދަމާ ހަވީރު 4:00 އިން 6:00 އަށެވެ. އުރީދޫ ގުޑި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވަރކްޝޮޕްތައް، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް އަދި ޕާޓްނަރުންގެ ޚާއްސަ ސްޓޯލެއް ހިމެނޭނެއެވެ. ކައިޓް ފެސްޓިވަލްގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ، ގުޑި އެރުވުން، ތަފާތު ގުޑިތައް ދައްކާލުން، ގުޑި ހެދުމުގެ ވަރކްޝޮޕްތައް، ބޮލްސް ރޭސް، ފޭސް ޕެއިންޓިންގް، ކަލަރިންގް ސްޓޭޝަން، ހޫލާ އެއްލާ، ޕިން ދަ މޫލީ ފަދަ ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް, ކުޑަކުދިންގެ ޕްލޭ އޭރިއާގައި ކުރިއަށްދާނެއެވެ.

މި މުބާރާތްތަކުގައި އަދި ވަރކްޝޮޕްތަކުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓަރ ކުރާކަށް ނުޖެހޭނެއެވެ.

ކަލަރ ރަން

އުރީދޫ ކަލަރ ރަން، ކުރިއަށްދާނީ މިމަހު 30 ވާ ހޮނިހިރު ދުވަ ހަވީރު 3:30 އިން 6:00 އަށެވެ.

ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެއް ކަމަށް އުރީދޫމޯލްޑިވްސްއިން ވިދާޅުވިއެވެ. އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

އުރީދޫ ކަލަރ ރަންގައި ބައިވެރިވެ، މެޑަލް ލިބިގެންދާނީ ރަޖިސްޓަރ ކުރައްވާފައިވާ ދުވުންތެރިންނަށެވެ. އެހެންނަމަވެސް، މި ދުވުމުގެ ފޯރީގައި ބައިވެރިވުމަށް ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށްވެސް، ހުދު ޓީޝާޓެއް ލައިގެން ބައިވެރިވެވިދާނެއެވެ.

ކަލަރ ރަން މިއުޒިކް ފެސްޓިވަލް

ކަލަރ ރަން ނިމުމަށްފަހު، ހޮނިހިރު ދުވަހުގެ ރޭގަނޑު ހާއްސަކުރެވިފައިވަނީ ރާއްޖޭގެ ކުޅަދާނަ މިއުޒިކީ ތަރިންނާއި އެކު ބާއްވާ މިއުޒިކް ޝޯއަކަށެވެ. މިފަހަރުގެ މިއުޒިކް ޝޯގައި ސްކައި ރޮކް، ގްރެވިޓީ، 2 ސެންސް، އީކުއޭޓިކް ވައިބް، ސިމްބޮލިކް ރިކޯޑްސް، ޒަކިއްޓެ ލައިވް، ލެވިޓޭޝަން ބައި ހަބޭސް އަދި ހަބޭސް ބޮޑުބެރު ފަދަ މަގްބޫލު އާޓިސްޓުން ފެންނާނެއެވެ.

އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ މޫދު މަޖާ، ގުޑި މަހާސަމާ، ކަލަރ ރަން އަދި މިއުޒިކް ފެސްޓިވަލް އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތައް ނުވަތަ ވެބްސައިޓަށް ޒިޔާރަތް ކުރަށްވާށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.