ސްޕްރީމް ކޯޓްގެ އެންމެ ފަހު ފަނޑިޔާރު ވަކިކުރުން މިއަދުގެ ޖަލްސާގައި

ސްޕްރީމް ކޯޓްގައި ކުރިން ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އެންމެ ފަހު ފަނޑިޔާރު މަޤާމުން ވަކިކުރުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާނެއެވެ. މިއަދު މަޤާމުން ވަކިކުރާނީ ފަނޑިޔާރު ޢަބްދުލް ޣަނީ މުޙައްމަދެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރިން ތިއްބެވި ފަސް ފަނޑިޔާރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން މިހާތަނަށް ވަނީ ތިން ފަނޑިޔާރަކު މަޤާމުން ދުރުކޮށްފައެވެ. އެންމެ ފުރަތަމަ މަޤާމުން ވަކިކުރީ ސްޕްރީމް ކޯރޓްގެ ކުރީގެ ފަނޑިޔާ ޢަބްދުﷲ ދީދީ އެވެ. ދެން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ. ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ ސުލޫކީ މައްސަލައެއް ބައްލަވަމުން ދަނިކޮށް އޭނާ ވަނީ މަޤާމުން އިސްތިޢުފާދެއްވާފައެވެ. އެހެން ކަމުން މިހާރު މަޖިލީހުގައި ތިއްބެވީ ރައްޔިތުންގެ މަޖިލީހުން އަލަށް ރުހުން ދެއްވައިގެން އައްޔަން ކޮށްފައިވާ ތިން ފަނޑިޔާރުންނެވެ.

ފަނޑިޔާރުން މަޤާމުން ވަކިކުރަމުން ދަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ މައްސަލަތައް ބެއްލެވުމަށްފަހު މަޖިލީހަށް ފޮނުއްވައިގެންނެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަލާއިރު އެތަނުގެ މެޖޯރިޓީ އޮތީ ވެރިކަންކުރާ މައިޕާޓީ އެމްޑީޕީއަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސްޕަރ މެޖޯރިޓީވެސް އޮތީ އެމްޑީޕީއަށް ރައްޔިތުން ދީފައެވެ. އެހެން ކަމުން އެމްޑީޕީއިން ބޭނުންވާ ގޮތަށް މަޖިލީހުން ކަންކަން ފަސޭހަކަމާއެކު މިހާރު ކުރައްވައެވެ. ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ސަރުޢީ ދާއިރާގެ ތަފާތު ބަހުސްތަކުގައި، ސްޕްރީމްކޯޓްގެ ފަނޑިޔާރުން ވަކިކުރައްވާނެކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ދެއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.