ޚިތާނީ މޫސުމަށް ޚާއްސަ ޕްރޮމޯޝަނެއް އެމްއެކްސް ސައިން އިން ފަށައިފި

ކޮންމެ އަހަރަކު ބޮޑު ޗުއްޓީއާ ދިމާކޮށް މުޅިރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދާ ޚިތާނީ މޫސުމަށް ޚާއްސަ ޕްރޮމޯޝަނެއް އެމްއެކްސް ސައިން ޕްރައިވެޓު ލިމޓެޑުން ފަށައިފިއެވެ.

ޚިތާނީ މޫސުން ނިމެންދެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން އެބަޔަކު ބުނާ ތީމަކަށް ޑިޒައިންކޮށްދީ ޓީޝާޓު ޕްރިންޓު ކޮށްދޭނެއެވެ. އަދި ބެކްޑްރޮޕްސް ވެސް ޕްރިންޓު ކޮށްދޭނެ ކަމަށް އެތަނުން ވިދާޅުވިއެވެ.

ޓީޝާޓުގައި ނުވަތަ ބެކްޑްރޮޕްގައި ޖަހަން ބޭނުންވާ އެއްޗެއް އެމްއެކްސް ސައިން އިން ހިލޭ ޑިޒައިންކޮށްދޭނެއެވެ. ޕްރިންޓު ކޮށްދިނުމަށް ވެސް ވަރަށްބޮޑު ޑިސްކައުންޓެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

"ޚިތާނީ މޫސުމާ ދިމާކޮށް އަޅުގަނޑުމެން މިފެށި ޕްރޮމޯޝަނަކީ ޢާއިލާތަކަށް ވަރަށް އެކަށީގެންވާ ޕްރޮމޯޝަނެއް. ކުރިން އަގުނަގައިގެން ޑިޒައިންކޮށްދިނަސް މި ޕްރޮމޯޝަނުގައި ޑިޒައިންކޮށްދޭނީ މުޅިންހިލޭ. އަދި ޕްރިންޓަށްވެސް ވަރަށްބޮޑު ޑިސްކައުންޓެއް އަޅުގަނޑުމެންދޭނަން،" އެމްއެކްސް ސައިން އިން ވިދާޅުވިއެވެ.

އެތަނުން ވިދާޅުވީ އެންމެ ޓީޝާޓެއްގައި ޕްރިންޓުކުރިޔަސް އަދި ކިތަންމެ ބައިވަރު ޓީޝާޓެއްގައި ޕްރިންޓު ކުރިޔަސް މިފުރުސަތު އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ޢާއިލާތަކަށް ބުރަބޮޑުނުވެ ޖީބަށް ލުއިގޮތަކަށް ފަސޭހަ ކަމާއެކު މިކަން ކޮށްދިނުން. މިހާރުވެސް ވަރަށް ޑިމާންޑު ބޮޑުކޮށް މިދަނީ. އެހެންނަމަވެސް އެއްވެސް ދަތިކަމެއް ތާށިކަމެއް ނުގެނެސް އަވަސް ކަމާއެކު އަޅުގަނޑުމެން މިދަނީ ޚިދުމަތް ދެމުން،" އެތަނުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.