ޑިމޮކްރެޓިކް ރިޕަކްލިކް އޮފް ކޮންގޯގެ އިރުމަަތީ ރަށެއް ކަމުގައިވާ ބެނީގައި ތިބޭ ހުންނަ އދ. ސުލްހަ ބަލަަހައްޓާ ސިފައިންގެ މަރުކަޒަށް ގިނަ އަދަދެއްގެ އާއްމުުން ގަަދަކަމުން ވަދެގަނެ އިހުތިޖާޖުުކުރަމުން އެބަދެއެވެ. އާއްމުން ދުރުކުރުމަށް ކޮންގޯގެ ސަލާމަތީ ބާރުތަކުން ބަޑިޖެހި ނަމަވެސް އެމީހުން ފަހަތަށް ޖެހިފައި ނުވެއެވެ.
އދ. ގެ މަރުކަޒުގެ ތެރެއަށް ވަދެގަތް ބަޔަކު ވަނީ އެތަނުގައި ބައެއްގައި ހުޅުވެސް ޖަަހާފައެވެ.
"މުޒާހަރާކުރާ މިހުންވަނީ އަހަރުމެންގެ އޮފީހުގެ ބޭރު ފާރު ތަަޅާލާފައި. އދ. ގެ އޮފިޝަލުންގެ ގެތަކަަށް ހަަމަލާދީ އެތަންތަނުގައި ހުރި ތަކެތި ވަނީ ހަލާކުކޮށްފައި." އދ. ގެ ސުލްހަބަލަަހައްޓާ ސިފައިންގެ ތަރުޖަމާނަކު ބުންޏެވެ.
ކޮންގޯ ސަަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ އެލައިޑް ޑިމޮކްރެޓިކް ފޯސަސް (އޭޑީއެފް) ގެ ހަނގުރާމަވެރިން ވަނީ ބެނީ އާދީއްތަ ދުވަހު އަވަށުގެ ތެރެއަށް އަރައި އާއްމުންގެ އަށް މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލާފައެވެ. އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު އިހުތިޖާޖުކުރަމުން ދަނީ މިކަމާ ދެކޮޅަށް ކޮންގޯގެ ސަލާމަތީ ބާރުތަކުންނާއި، އދ. ގެ ސުލްހަބަލަހައްޓާ ސިފައިން އެއްވެސް ކަމެއް ކޮށްފައި ނުވާތީއެވެ.
އިހުުތިޖާޖުކުރާ މީހުން ފުރަތަމަ ޖަމާވީ ރަށުގެ ކައުސިލް އޮފީހުގެ ކުރިމައްޗަށެވެ. މަރުވި މިހުންގެ ހަށިތައް އުފުލައިގެން އެތަނަށް އެއްވި މީހުން ވަނީ އެ އޮފިހުގައިވެސް ރޯކޮށްލާފައެވެ. ފުލުހުން ބަޑިެޖެހުމުގެ ސަބަބުން އާއްމުންގެ މީހަކު މަރުވެފައިވާއިރު، އާއްމުން ހަމަލާދީ ޒަޚަމްކޮށްލި ފުލުހުންގެ ދެ މީހަކުުވެސް މަރުވެފައިވާކަމަށް ސިފައިންގެ ތަރުޖަމާނު ކާނަލް މެކް ހަޒުކާއީ މައުލޫމާތު ދީފައި ވެއެވެ.
2007 ވަނަ އަހަރުން ފެށިގެން އޭޑީއެފްގެ ހަނގުރާމަވެރިން ދަނީ އިރުމަތީ ކޮންގޯގައި ހަރަކާތްތެރި ވަމުންނެވެ. އަދި ދޭތެރެ ދޭތެރެއިން ރަށްރަށަށް އަރައި އާއްމުންނަށް ހަމަލާދީފައިވެއެެވެ. އދ. ގެ ސުލްހަބަލަަހައްޓާ ސިފައިން އެ ސަރަހައްދުގައި ތިބި ނަމަވެސް، އޭޑީއެފްގެ އަމަލުތައް ހުއްޓުވަމަކަށް ގެނެވިފައި ނުވެއެވެ.