އިންޑިއާގެ އެއްވަނަ ސެލެބްރިޓީއަކީ ސަލްމާން ޚާން

ފޯރބްސް އިންޑިއާގެ 2016 އަހަރުގެ 'ޓޮޕް 100 ސެލެބްރިޓީން' ގެ ލިސްޓު އާއްމުކޮށްފިއެވެ. މި ލިސްޓު އާއްމުކޮށްފައިވަނީ ފޯރބްސް އިންޑިއާ ވެބްސައިޓުގައެވެ. ލިސްޓުގެ ފުރަތަމަ 10 އިން ޖާގަ ހޯދާފައިވަނީ މަޝްހޫރު ފިލްމީ ތަރިންނާ ކުރިކެޓް ކުޅުންތެރިންނެވެ.

ފުރަތަމަ ރޭންކުގައި އުޅެނީ އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާން ( 50 އަހަރު) އެވެ. ލިސްޓުގެ ދެވަނައިގައި އުޅެނީ މަޝްހޫރު ފިލްމީ ތަރި ޝާހު ރުކް ޚާން (51 އަހަރު) އެވެ. ލިސްޓުގެ ތިންވަނަ ރޭންކުން ޖާގަ ހޯދާފައިވަނީ މަޝްހޫރު ކްރިކެޓު ކުޅުންތެރިޔާ ވިރާތު ކޯލީ (28 އަހަރު)  އެވެ. ހަތަަރުވަނަ ރޭންކުން އަކްޝޭ ކުމާރު (49 އަހަރު) ޖާގަ ހޯދާފައިވާ އިރު ލިސްޓުގެ ފަސްވަނައިގައި އުޅެނީ އިންޑިއާގެ ކުރިކެޓް ޓީމުގެ ކެޕްޓަން މަހެންދްރަ ސިންގހް ދޯނީ (35 އަހަރު) އެވެ. ހަވަނަ ރޭންކުން ޖާގަ ހޯދާފައިވަނީ މަޝްހޫރު ފިލްމީ ތަރި ދީޕިކާ ޕަޑުކޯން (30 އަހަރު) އެވެ. ކްރިކެޓު ކުޅުންތެރިޔާ ސަޗިން ޓަންޑުލްކަަރު (43 އަހަރު) ހަތްވަނަ ރޭންކުން ޖާގަ ހޯދާފައިވާ އިރު ލިސްޓުގެ 8 ވަނައިގައި އުޅެނީ ޕްރިޔަންކާ ޗޯޕްޅާ (34 އަހަރު) އެވެ. އަމީތާބު ބައްޗަން (74 އަހަރު) އުޅެނީ ލިސްޓުގެ ނުވަ ވަނައިގައެވެ. މި ލިސްޓުގެ ދިހަ ވަނައިގައި އުޅެނީ ރިތިކް ރޯޝަން (42 އަހަރު) އެވެ.

ފޯރބްސް ވެބްސައިޓުގައި ފަންނާނުން ދިރިއުޅުމަށް ކުރާ މަސައްކަތާއި އާމްދަނީ ލިބޭ އިތުރު ވަސީލަތްތަކާއިި ތައުލީމީ ފެންވަރު އަދި މިލްކިއްޔާތުގައިވާ ފައިސާގެ އަދަދު ވެސް ޝާއިއުކޮށްފައިވެއެވެ.

މީގެ އިތުރުން ފޯރބްސް މަޖައްލާގެ 100 ސެލެބްރިޓީންގެ ތެރެއިން މަޖައްލާގެ ޚާއްސަ އަދަދު "ފައިވް ކަވަރ ސެލެބްރިޓީ ސްޕެޝަލް ކަލެކްޝަން އެޑިޝަން" އަށް ހޮވުނު ފަސް ކަވަރު ވެސް ވެބްސައިޓުގައި އާއްމުކޮށްފައެވެ. އެ ފަސް ކަވަރުގައިވާ ފަންނާނުންނަކީ ސަލްމާން ޚާން، ވިރާތު ކޯލީ، އަކްޝޭ ކުމާރު، ރަންވީރު ސިންގހް، ސޯނަމް ކަޕޫރު އަދި އާލިއާ ބަޓްއެވެ. މި ފަސް ފަންނާނުންގެ ތެރެއިން ރަންވީރު ސިންގހް އުޅެނީ ޓޮޕް 100 ސެލެބްރިޓީންގެ ލިސްޓުގެ 12 ވަނައިގައެވެ. ސޯނަމް ކަޕޫރު އުޅެނީ ލިސްޓުގެ 18 ވަނައިގައެވެ. އާލިއާ ބަޓު އުޅެނީ ލިސްޓުގެ 42 ވަނައިގައެވެ. މި އަދަދު ހޮނިހިރު ދުވަހު (މާދަމާ) މުމްބާއީގައި ނެރޭނެއެވެ. އަދި އިންްޑިއާގެ އެހެން ހިސާބުތަކުންވެސް މިހަފުތާގައި މި އަދަދު ލިބެން ހުންނާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.