އިޔާޒްގެ ރައްދު ޔާމީނަށް: ވެރިކަމުގައި ހުންނެވިއިރުވެސް ކަރުބުޑުގައި ޖެހިފަ ހުރި ކައްޓަކީ އިމްރާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ޕީޕީއެމް އޮފީހުގައި އޮތް ބައްދަލުވުމެއްގައި އަދާލަތު ޕާޓީގެ ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ އަށް އަމާޒު ކުރައްވައި ދެއްކެވި ވާހަކަފުޅަށް އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ދީނީ އިލްމްވެރިޔާ ޑރ މުޙަންމަދު އިޔާޒް އަބްދުއްލަތީފް ރައްދު ދެއްވައިފިއެވެ.

ޑރ އިޔާޒް ދާދި ދެންމެއަކު ރައީސް ޔާމީންގެ ވާހަކަފުޅަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ރާއްޖޭގެ ރައީސް ކަމުގައި ހުންނެވިއިރުވެސް އެމަނިކުފާނުގެ "ކަރުބުޑުގައި" ޖެހިފައި ހުރި ކައްޓަކީ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިމިގެން ދިޔައީވެސް އެގޮތުގައި ކަމަށް ޑރ އިޔާޒް ވިދާޅުވިއެވެ.

"އަދި މިއަދުވެސް އެންމެ ބޮޑު ބިރަކަށް ވެފައި މިއޮތީ ޝައިޚް އިމްރާން. ޝައިޚް އިމްރާނަކީ އަނިޔާވެރި ލާދީނީ މީހުންނަށް ހުރި ބޮޑު ބިރެއް" ޑރ އިޔާޒް ވިދާޅުވެފައިވެއެވެ.

ޕީޕީއެމްއަށް އަލަށް ސޮއިކުރި ބަޔެއްގެ ފޯމުތައް ހަވާލު ކުރުމަށް ރޭ އެ ޕާޓީގެ އޮފީހުގައި އޮތް ބައްދަލުވުމެއްގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ ޝައިޚް އިމްރާން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ކަމަށް ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

ރައީސް ޔާމީން އެހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ދައުލަތުން ހުށަހެޅި ހެކިވެރިޔެއް ކަމަށްވާ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއަށް ޝައިޚް އިމްރާން ބިރު ދައްކަވައި، ޖަލަށް ލައްވާނެ ކަމުގައި ވިދާޅުވެފައިވާ ކަމަށް ލުތުފީ ވިދާޅުވެފައިވާ ވާހަކައާއި ގުޅުވައިގެންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.