ދޮންނަ މެޝިނެއް ބާލަން އުޅެނިކޮށް މީހަކު ވެއްޓި އަނިޔާވެއްޖެ

މާލެ ފަޅުތެރެ: ފޮޓޯ ސޯޝަލް މީޑިއާ

ދޮންނަ މެޝިނެއް ލިފްޓް ގޮޅިން ބާލާން އުޅެނިކޮށް ބިދޭސީއަކު ވެއްޓި ވަރަށްބޮޑަށް އަނިޔާވެއްޖެއެވެ.

ލިފްޓް ބާލަން އުޅުނީ މާފަނުން ގެއެއްގެ ހަތްވަނަ ބުރީގެ ލިފްޓް ގޮޅިން ކަމަށް ފުލުހުން ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އެކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 15:33 އެހައިކަންހާއިރު ކަމަށެވެ.

މިޙާދިސާގައި އަނިޔާވީ މީހާއަށް މިހާރު ގެންދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ. ދޮންނަ މެޝިން ބާލަން އުޅެނިކޮށް އެމީހާ ވެއްޓެން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ފުލުހުން ގެންދަވަނީ މިހާދިސާ ތަހުގީގު ކުރައްވަމުންނެވެ.

މިހާދިސާގައި އެމީހާއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.