މަޖިލީހުގެ އަޣުލަބިއްޔަތަކީ ޤާނޫނު ފުނޑުފުނޑުކޮށްލަން ދީފައިވާ ލައިސަންސެއްނޫން: މާވަށު ކައުންސިލް

އެމްޑީޕީއަށް ރައްޔިތުން މަޖިލީހުގެ އަޣުލަބިއްޔަތު ދިނުމަކީ ބޭއިންސާފުން ޢަމަލުކޮށް، ނިޒާމު ފުނޑުފުނޑު ކޮށްލަން ދިން ލައިސަންސެއް ނޫންކަމަށް ލ. މާވަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެކައުންސިލުން މިހެން ވިދާޅުވެފައިވަނީ ޖަމިއްޔަތުއްސަލަފު އުވާލަން މަޖިލީހުގެ ކޮމިޓީން ނިންމެވުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ޢާއްމު ކޮށްފައިވާ ނޫސްބަޔާނެއްގައެވެ.

"ރާއްޖޭގެ ރައްޔިތުން، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމަކީ ރައްޔިތުންގެ މައްޗަށް ބޭއިންސާފުން ޢަމަލުކޮށް ޤާނޫނީ ނިޒާމު ފުނުޑުފުނޑު ކޮށްލަން ރައްޔިތުން ދީފައިވާ ލައިސަންސެއްނޫން،" އެބަޔާނުގައިވެއެވެ.

އެމްޑީޕީއަށް މަޖިސް މެޖޯރިޓީ ދިނީ ކަންކަން އިސްލާހުކޮށް ޑިމޮކްރަސީ ހަރުދަނާކުރުމަށް ކަމަށް ވެސް ބުނެފައިވެއެވެ. ރައްޔިތުން އެމްޑީޕީއަށް ދީފައިވާ އަޣުލަބިއްޔަތަކީ  ރައްޔިތުނަނަށް ފާހަގަތިކަމާއި އަމާންކަން ހޯދައި ދެއްވުމަށް ދީފައިވާ އިތުބާރެއް ކަމަށް ވެސް ކައުންސިލުން ވިދާޅުވެފައިވެއެވެ.

އެހެން ކަމުން ޖަމިއްޔަތުއްސަލަފު އުވާލަން ނިންމެވި ނިންމެވުން އަނބުރައި ގެންގޮސް އެކަމަށް މައާފަށް އެދުމަށް ކައުންސިލުން ވަނީ މަޖިލީސް މެމްބަރުންނަށް އިލްތިމާސް ކުރައްވައިފއެވެ.

ހަމައެއާއެކު އިސްލާމްދީނަށާއި، ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު އެމްޑީއެން އާ ދެކޮޅަށް ފިޔަވަޅު އެޅުން އަވަސްކޮށްދިނުމަށް އެދޭކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.