އެމްވީޓީވީ ޤުރުއާން މުބާރާތުން އެއްވަނަ ނާހިދު ހޯދައިފި

ހާހެއްހާ ކުދިން ބައިވެރިކޮށްގެން އެމްޓީވީން ބޭއްވި ޤުރުއާން މުބާރާތާއި، މަދަޙަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

މިދެމުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާ އޮތީ ރޭ 9:00 ގައި ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައެވެ. ދިއްދޫ ދާއިރާގެ މަޖިލީސް މެންބަރު ޢަބްދުﷲ ވަޙީދު ޝަރަފުވެރި ކޮށްދެއްވި މި ހަފްލާގައިވަނީ ދެ މުބާރާތުން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދެއްވައިއެވެ.

އެމްވީޓީވީ ޖިލްބާބު ޤުރުއާން މުބާރާތް 1440 ވަނަ އަހަރުގެ މުޅި މުބާރާތުން އެއްވަނަ ހޯދީ ނާހިދު ޢަބްދުލް ޙާމީދެވެ. ދެވަނަ ހޯދީ އަޙުމަދު ނަބީޙު ޢަބްދުލްޤާދިރެވެ. ތިންވަނަ ހޯދީ މުޙައްމަދު ފަޔާޒު ފަޒީލެވެ.

އެމްވީޓީވީ އައިކެއާރ އޮޕްޓިކަލްސް ޤުރުއާން މުބާރާތް 1439 ގެ މުޅި މުބާރާތުން އެއްވަނަ ހޯދީ އައިމިނަތު ނަބާހާ ޙުސައިނެވެ. ދެވަނަ ހޯދީ އިސްމާޢީލް ނަބްހާން ނަސީރެވެ. ތިންވަނަ ހޯދީ އަޙްމަދު އަލްސަން ޢަލީއެވެ.

އެމްވީޓީވީ މަދަހަ މުބާރާތް 1440 ވަނަ އަހަރގެ މުޅި މުބާރާތުން އެއްވަނަ ހޯދީ އައިމިނަތު ޒަހާ  ނިހާދެވެ. ދެވަނަ ހޯދީ މަރިޔަމް ލައިސާ ބިންތު ޢަލީ އެވެ. ތިންވަނަ ހޯދީ އަދުޔަން މުޙައްމަދު ފަހީމެވެ.

އެމްވީޓީވީ މަދަހަ މުބާރާތް 1439 ވަނަ އަހަރު މުޅި މުބާރާތުން އެއްވަނަ ހޯދީ ޒޫޝަން ޖަވާދެވެ. ދެވަނަ ހޯދީ އައިޝަތު ޒަހާ ޒިޔާދެވެ. ތިންވަނަ ހޯދީ އައިޝަތު ނައުރީން ހަމްދީއެވެ.

މިމުބާރާތުން މަތީވަނަ ހޯއްދެވި ފަރާތަކަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއް އިބްރާހީމް މުޙައްމަދު ޞާލިހު ވެސް ޚާއްޞަ އިނާމު ހުށައަޅުއްވާފައިވެއެވެ.

މުބާރާތުގެ ޝަރަފްވެރި މެހެމާނުގެ ވާހަކަފުޅުގައި ވަނަވަނައަށް އައި ދަރިވަރުންނާއި ދަރިވަރުންގެ ބެލެނިވެރިންނަށް، ކީރިތި ޤުރުއާން ކިޔެވުމުގައި އިތުރު ހަރުފަތަކަށް ވާޞިލްވުމަށް އިތުރަށް މަސައްކަތްކޮށް އިތުރު ހިތްވަރެއް ލުމަށް ގޮވާލެއްވިއެވެ.

އެމްވީޓީވީ ޤުރުއާން މުބާރާތް 1440 ގެ ޓައިޓަލް ސްޕޮންސާއަކީ ޖިލްބާބު އަދި އެމްވީޓީވީ ޤުރުއާން މުބާރާތް 1440 ގެ މެއިން ސްޕޮންސާއަކީ ދިރާގެވެ. އެމްވީޓީވީ ޤުރުއާން މުބާރާތް 1440 ގެ ކޯ ސްޕޮންސާއަކީ މިލިޔަން ބުކްޝޮޕެވެ.

އެޓީވީން ބުނީ މިފަދަ މުބާރާތްތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި ޤުރުއާން ކިޔެވުމާއި މަދަޙަ ކިއުމުގެ ރޫހުއާލާވެ ، ވާދަވެރިކަން ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނަ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.