މާލެ ޖަލު އެނެކްސް އެކެއްގައި ދެން ބަންދުކުރާނީ ދިހަ މީހުން: ހޯމް މިނިސްޓަރ

މާލެ ޖަލު އެނެކެސް އެކެއްގައި ދެން ބަންދުކުރާނީ ގިނަވެގެން 10 މީހުން ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން އިޢުލާން ކުރެއްވި މާލެ ޖަލު އެނެކަސް މަރާމާތަށް ބަންދު ކުރުމަށްފަހު މިއަދު އަލުން ހުޅުވި ރަސްމިއްޔާތުގައެވެ. މަރާމާތަށް އެތަން ބަންދުކުރިއިރު އެތަނުގައި އައީ 17 މީހުން ބަންދުކުރަމުންނެވެ.

އެތަން އަލުހުން ހުޅުވީ އިންސާނީ ކަރާމާތާއި ޝަރަފާ އެއްވަރަށް އެތަން މަރާމާތު ކުރުމަށްފަހުގައެވެ.  ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެތަނުގައި ފާޚާނާ ކުރުމުގެ ހާލަތުވެސް މިހާރުވަނީ އެކަށީގެންވާ ފެންވަރަށް ބަދަލުކޮށްފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާލެ ޖަލު އެނެކްސް 1 އަކީ ޖަލުތަކުގެ ހާލަތު އިންސާނީ ކަރާމަތާ ޝަރަފާ އެކަށީގެންވާ މިންވަރަކަށް ގެނައުމަށްޓަކައި ސަރުކާރުން ފަށާފައިވާ ގިނަ މަސައްކަތްތަކުގެ ތެރެއިން މަރާމާތުކުރި ތަނެކެވެ.

“ މިތަން ބަންދުކުރެވުނިއިރު ހާލަތު ވަރަށް ދަށްކޮށްހުރީ. މިއީ ސޯޅަ، ސަތާރަ މީހުން ބަންދުކޮށްފައި ބޭތިއްބިފަހުރި ތަންތަން. މިހާރު އަޅުގަނޑުމެން ނިންމާފަ މިއޮތީ މިތަންތަނުގައި ދެން ބައިތިއްބާނީ ދިހަ މީހުންކަމަށް. ފެންވެރުމާ ފާޚާނާ ކުރުމުގެ އިންތިޒާމް އެހުރީ އެކަށީގެންވާ ފެންވަރުގެ ރަނގަޅު ފެންވަރަކަށް ގެންދެވިފަ. ދުވާލު ގަޑީގައި ނިކުމެ ކަސްރަތުކުރާނެ ތަން މިހާރު މިވަނީ އެކަށީގެންވާ ވަރަކަށް އޯޕަންކޮށް މަރާމާތުކުރެވިފަ،" މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.