މާލޭ ގެއްގެ ހަތަރުވަނަ ބުރިން ކުއްޖަކު ވެއްޓިއްޖެ

ހެންވޭރު ވައިޖެހޭ މަގުގައި ހުރި ގެއެއްގެ 4 ވަނަ ފަންގިފިލާއިން ފަސް އަހަރުގެ ފިރިހެން ކުއްޖަކު މިއަދު މަގުމައްޗަށް ވެއްޓިއްޖެއެވެ.

ފުލުހުން ވިދާޅުވީ ވެއްޓިފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަށެވެ. އެކުއްޖާއަށް މިހާރު ގެންދަނީ އެޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެކުއްޖާ ވެއްޓުނު ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 2:28 އެހައިކަންހާއިރު ކަމަށް ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ.

މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު އައްފާލް ވިދާޅުވީ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް ޑޮކްޓަރުންގެ ފަރާތުން އަދި ލިބިފައި ނުވާކަމަށެވެ. "މިހާރުދަނީ ކުއްޖާއަށް ފަރުވާދެމުން،" އައްފާލް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.