އޯއައިސީ ރަންޔޫބީލްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފަންނާނުންނަށް

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފަންނާނުންނަށް ލިބިއްޖެއެވެ.

މިހަރަކާތްތައް ކުރިއަށްދަނީ ނޮވެމްބަރު މަހުގެ 25 އިން 28 އަށެވެ. މި ޙަރަކާތްތަކުގައި ބައިވެރިވާ ފަންނާނުންގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައި ދެއްވާނީ އޯއިސީންނެވެ. މިޙަރަކާތްތަކުގައި ބައިވެރިކުރެވެނީ ސަގާފީ ޙަރަކާތްތަކެއް ހުށަހަޅާދެވޭނެ ގިނަވެގެން 10 ފަންނާނުންގެ ގްރޫޕަކަށް ނެޝަނަލް ސެންޓަރ ފޯ ދި އާޓްސް އިން ބުނެފައިވެއެވެ.

މިހަ ޙަރާކާތްތަކުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 21 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން "ޕާޓިސިޕޭޝަން ފޯމް" އާއި، ޕާސްޕޯޓު ކޮޕީ އަދި ކަލްޗަރަލް އިވެންޓެއްގައި ބައިވެރިވެ ނަގާފައިވާ ގްރޫޕް ފޮޓޯއެއް ހުށަހެޅުއްވުމަށް ނެޝަނަލް ސެންޓަރ ފޯ ދި އާޓްސް އިން އެދިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.