2016 ވަނަ އަހަރުގެ ސްޓަރޑަސްޓް އެވޯޑް ހަފްލާ ހޯމަ ދުވަހުގެ ރޭ މުމްބާއީގައި ބާއްވައިފިއެވެ. މި ހަފްލާގައި ބޮލީވުޑުގެ މަޝްހޫރު ވަރަށް ގިނަ ތަރިން ބައިވެރިވިއެވެ. އޭގެ ތެރޭގައި އައިޝްވަރްޔާ ރާއީ ބައްޗަން، އަމީތާބު ބައްޗަން، ޖާޔާ ބައްޗަން، ޝާހް ރުކް ޚާން، ކާޖޮލް، ސަލްމާން ޚާން، އަނުޝްކާ ޝަރްމާ، ރަންބީރު ކަޕޫރު، ސުޝާންތް ސިންހު ރާޖްޕުތު، ޕަރިނީތީ ޗޯޕްޅާ، ވަރުން ދަވަން، އަދި އެމެރިކާގައި މިވަގުތު ދިރުއުޅެމުންދާ މަޝްހޫރު ތަރި ޕްްރިޔަންކާ ޗޯޕްޅާ ހިމެނެއެވެ.
މި ހަފްލާގައި އެންމެ ގިނަ އެވޯޑު ލިބިފައިވަނީ އޭ ދިލްހެ މުޝްކިލް އަދި ސުލްތާން އަށެވެ. ކަޕޫރު އެންޑް ސަންސް އާ، އޭ ދިލްހެ މުޝްކިލް އަދި ސުލްތާން އަކީ ވާހަކަ އަށް ބަލާއިރުވެސް އަދި ބޮކްސް އޮފީހުގައި ފާހަގަ ކޮށްލެވުނު ތިން ފިލްމެވެ.
އިނާމު ލިސްޓު:
އެންމެ މޮޅު އެކްޓްރެސް: އަނުޝްކާ ޝަރްމާ، އޭ ދިލްހެ މުޝްކިލް
އެންމެ މޮޅު އެކްޓްރެސް، އެޑިޓަރުގެ ހޮވުން: ސޯނަމް ކަޕޫރު، ނީރްޖާ
އެންމެ މޮޅު އެކްޓަރު، އެޑިޓަރުގެ ހޮވުން: ޝާހް ރުކް ޚާން، ފޭން
އެންމެ މޮޅު އެކްޓަރު، ބެލުންތެރިންގެ ހޮވުން: އަމީތާބް ބައްޗަން، ޕިންކް
އެންމެ މޮޅު އެކްޓަރު (ނެގެޓިވް ރޯލް): ޖިމް ސަރބް، ނީރްޖާ
އެންމެ މޮޅު އެކްޓަރު (ސަޕޯޓިން ރޯލް): ރިޝީ ކަޕޫރު، ކަޕޫރު އެންޑް ސަންސް
އެންމެ މޮޅު އެކްޓްރެސް (ސަޕޯޓިން ރޯލް): ޝަބާނާ އަޒްމީ، ނީރްޖާ
އެންމެ މޮޅު ޑެބިއު (އާ ތަރި)، ފިރިހެން: ހަރްޝަވަންދަން ކަޕޫރު، މިރްޒިޔާ
އެންމެ މޮޅު ޑެބިއު (އާ ތަރި) އަންހެން: ސަޔަމީ ޚޭރް، މިރްޒިޔާ އަދި ދިޝާ ޕަޓާނީ، އެމްއެސް ދޯނި- ދި އަންޓޯލްޑް ސްޓޯރީ
ލައިފްޓައިމް އެޗީވްމަންޓް: ރޭކާ
ބެސްޓް ސުޕަރސްޓާރ، ނެކްސްޓް ޖެނެރޭޝަން: ވަރުން ދަވަން
އަހަރުގެ އައިކޯނިކް ޕާފޮމަންސް: އައިޝްވާރްޔާ ރާއީ ބައްޗަން، ސަރްބްޖީތު
އެންމެ މޮޅު ފިލްމް، ބެލުންތެރިންގެ ހޮވުން: ސުލްތާން
އެންމެ މޮޅު ޑައިރެކްޓަރު: ކަރަން ޖޯހަރް، އޭ ދިލްހެ މުޝްކިލް
އެންމެ މޮޅު ފިލްމް މޭކަރ، އެޑިޓަރުގެ ހޮވުން: ރާމް މަދްވާނީ، ނީރްޖާ އަދި އަނިރުދް ޓޯނީ، ޕިންކް
އެންމެ މޮޅު ވާހަކަ: ޝަކުން ބަޓްރާ، ކަޕޫރު އެންޑް ސަންސް
އެންމެ މޮޅު ސްކްރީންޕްލޭ: އަބީޝެކް ޗޯބޭ އަދި ސުދިޕް ޝަރްމާ، އުޅްތާ ޕަންޖާބު
އެންމެ މޮޅު ކޮސްޓިއުމް: އަލްވީރާ އަގްނިހޯތްރީ އަދި އޭޝްލޭ ރިބެއްލޯ، ސުލްތާން
އެންމެ މޮޅު ލިރިސިސްޓް: އަމީތާބް ބައްޓާޗާރްޔާ، ޗަންނާ މެރެޔާ، އޭ ދިލްހެ މުޝްކިލް
އެންމެ މޮޅު މިއުޒިކް ކޮމްޕެނީ: ސޮނީ މިއުޒިކް އިންޑިއާ، އޭ ދިލްހެ މުޝްކިލް
އެންެމެ މޮޅު ޕްލޭބެކް، ފިރިހެން: އަރިޖީތް ސިންހް، ޗައްނާ މެރެޔާ، އޭ ދިލްހެ މުޝްކިލް
އެންމެ މޮޅު ޕްލޭބެކް، އަންހެން: ނިހާ ބާސިން، ޖަގް ޖޫމިޔާ، ސުލްތާން
އެންމެ މޮޅު ކޮރިއޮގްރަފަރ: ބޮސްކޯ މާރޓިސް، ކާލާ ޗަޝްމާ، ބާރް ބާރް ދޭކޯ
އެންމެ މޮޅު މިއުޒިކް ޑިރެކްޓަރު: ޕްރިތަމް، އޭ ދިލްހެ މުޝްކިލް
ޕާތް ބްރޭކިންގ ޑައިރެކްޝަން: އަޖޭ ދޭވްގަން، ޝިވާއީ