ޤައުމީ ޓީމަށް ސަޕޯޓް ކުރުމަށް މަޖިލީހުގެ ރައީސާއި މެމްބަރުން ބެރުދުންމާރީގައި ދަނޑަށް

ރާއްޖެއާއި ފިލިޕީންސް މިހާރު ކުޅެމުންދާ މެޗު ބައްލަވާލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރާއިސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި މެމްބަރުން ބެރުދުންމަރީގައި ގަލޮޅުދަނޑަށް ވަޑައިގެން ފިއެވެ.

މަޖިލީހުގެ ރައީސާއި މެންބަރުން ގަލޮޅު ދަނޑަށް ވަޑައިގެންފައިވަނީ ޤައުމީ ޖާޒީގައި މަޖިލީސްކުރާ ގެއިން ފެށިގެން ބެރު ދުންމާރީ ގައި ހިންގަވައިފައެވެ. މިއީ މަޖިލީސް މެމްބަރުން ޤައުމީ ޓީމަށް ސަރޕޯރޓް ކުރުމަށް މިހާތަފާތު ގޮތަކަށް ދަޑަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މަގުމަތިން ވަޑައިގެންނެވި އިރު އެންމެ ކުރީގައި ބެރު ޖެއްސަވަމުން ގެންދެވި ތިން މެންބަރުންގެ ތެރޭގައި ރައީސް ނަޝީދުވެސް ހިމެނި ވަޑައިގަންނަވައެވެ.

ފީފާ ވޯލްޑް ކަޕް 2022 ގެ ކޮލިފިކޭޝަންގައި ރާއްޖެއާއި ފިލިޕީންސް މިހާރު ކުޅެމުންދާ މެޗް ބައްލަވާލެއްވުމަށް ރައީސުލް ޖުމްހޫރިއްޔާއާއި ވަޒީރުންނާއި އެނޫންވެސް ސަރުކާރުގެ އިސްބޭފުޅުން ވަޑައިގެން އެބަތިއްބެވިއެވެ.

މިހާރު ކުރިއަށްދަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުމެވެ. މިހާރުގެ ނަތީޖާއަކީ ފިލިޕީންސް 1 ރާއްޖެ ސުމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.