ފިޝަރީޒް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މަސްވެރީން މާކަނޑުގައި މަސް ބޭނުމުގައި: ފޮޓޯ ޒުވާން މަސްވެރިޔާ

މިއަހަގެ މަސްވެރިންގެ ދުވަހާ ގުޅުވައިވައިގެން "ފިޝަރީޒް އެކްސްޕޯ 2019" ގެނަމުގައި އެކްސްޕޯއެއް ބާއްވަން ނިންމައި އޭގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފިއެވެ.

މި އެކްސްޕޯގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ ނޮވެމްބަރ 28 އަށެވެ. އެކްސްޕޯ ކުރިއަށްދާނީ ޑިސެމްބަރު 6 އިން 8 އަށް ހުރަވީ ސްކޫލުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

މަހާއި މަހުގެ އުފެއްދުން ތަކާއި، މަސްވެރިކަން ކުރުމުގައި ބޭނުންކުރާ އާލާތްތަކާއި،  މަސްވެރިކަމުގެ ދާއިރާއާ ގުލޫންހުރި އާލާތްތައް ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިއީ މަސްވެރިކަމުގެ ދާއިރާގެ އެކި ވަސީލަތްތަކާއި އެމަސައްކަތް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި، އެސިނާއަތުގެ އުފެއްދުންތަކާއި އެސިނާއަތާ ބެހޭ މައުލޫމާތު ފުޅާދާއިރާއެއްގައި އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ބާއްވާ އެކްސްޕޯއެއް ކަމަށެވެ.

އޭގައި މަސްވެރިކަމާ ގުޅުންހުރި ތަކެތި އިސްތިހާރު ކުރުމާއި ވިޔަފާރި އުސޫލުން ވިއްކުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ. އަދި މަހުގެ އުފެއްދުން އުފައްދާ ފަރާތްތަކަށް އެފަރާތްގަކުގެ އުފެއްދުން މާކެޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.