ރާއްޖޭގެ ސަރަހައްދުން ބޭރުގެ ދެ ބޯޓު އަތުލައިގެންފި

ރާއްޖޭގެ ސަރަޙައްދަން ވަދެގެން އުޅުނު ބޭރުގެ ދެ ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގެންފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވީ ދެ ބޯޓު އަތުލައިގެންފައިވަނީ ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ގެ ހުޅަނގު އުތުރުން 29 ނޯޓިކަލް ބޭރުން ކަމަށެވެ.

އިންޑިއާގެ ދިދަ ނަގާފައިވާ މި ދެބޯޓު ފެނިގެން މިހާރުވަނީ އެމްއެންޑީއެފް ކޯސްޓުގާޑު ގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ދެ ބޯޓުވެސް މިހާރުވަނީ ކޯސްޓުގާޑުގެ ބެލުމުގެ ދަށުން ހއ. އުލިގަމާ ހަމައަށް ގެނެސް އެރަށުގެ ބޭރުގައި ބަނދަރު ކޮށްފައެވެ. ދެ ދެބޯޓުގެ ތެރެއިން އެއްބޯޓުގައި ތިބީ 9 މީހުންނެވެ. އަނެއް ބޯޓުގައި ތިބީ 10 މީހުން ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ.

ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެ ބޯޓުތަކުގެ ކަންކަން މިހާދަނީ ބަލަމުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. ރާއްޖޭގެ ސަރަހައްދުން ބޭރު ބޯޓުފަހަރު އަތުލައިގަތުން މިހާރުވަނީ ޢާއްމުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.