ޖޯޖް ކްލޫނީ އާ އަމާލް އަލާމުއްދީން ވަރިވަނީ

ހޮލީވުޑް ގެ މަޝްހޫރު ފިލްމީ ތަރި ޖޯޖް ކްލޫނީ އާ އޭނާގެ އަންހެނުން މަޝަހޫރު ހިއުމަން ރައިޓްސް ލޯޔަރު އަމާލް އަލާމުއްދީން ވަރިވާން އުޅޭ ކަމުގެ ޚަބަރުތައް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކްލޫނީ އާ އަމާލް މިހާރުވެސް ދިރިއުޅެމުންދަނީ ވަކިންނެވެ. ނޫސްތަކުގައިވާ ގޮތުން ކްލޫނީ އާ އަމާލް ދަނީ 300 މިލިއަން ޑޮލަރުގެ ވަރިއަކަށް ތައްޔާރު ވަމުންނެވެ.

މި ދެމީހުންގެ ގާތް މީހަކު ބުނިކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވި ކަމުގައި ވިޔަސް ޚިޔާލު ތަފާތު ވުންތަކެއް ހުރުމުން ވަކިވާން ނިންމީއެވެ. އަމާލް ދަރިޔަކު ބޭނުންވެގެން ކުލޫނީ އަށް ޕްރެޝަރު ކުރަމުންދާ ކަމަށާއި އެހެންނަމަ ވެސް ކުލޫނީ ދަރިޔަކު ބޭނުންނުވާ ކަމަށް އެފަރާތުން ބުނިކަމަށް ނޫސްތަކުގައިވެއެވެ. އަދި އަމާލް ދިރިއުޅެން ބޭނުންވަނީ ވަރަށް މުއްސަނދި ދިރިއުޅުމެއް ކަމަށްވެސް އެފަރާތާ ހަވާލާދީ ނޫސްތަކުގައި ވެއެވެ.

ކްލޫނީ ގެ ރައްޓެހިންނަށް ކުރިން ގަބޫލުކުރެވިފައިވަނީ މިއީ ވަރަށް ގުޅޭ ޖޯޑެއްކަމުގައެވެ. އެހެންނަމަވެސް ވަރަށްް އަވަހަށް މިދެމީހުންގެ ވަރީގެ ކަންތައް އިއުލާން ކުރާނެ ކަމަށް ވެއެވެ. އަދި ވަރިއަށްފަހު ކުލޫނީގެ ދިރިއުޅުން އިނގިރޭސި ވިލާތަށް ބަދަލު ކުރާނެ ކަމުގައިވެސް މީޑިއާއިން ރިޕޯޓު ކޮށްފައިވެއެވެ.

ކްލޫނީ އާ އަމާލް ކައިވެނި ކުރީ 2014 ވަނަ އަހަރުއެވެ. އަމާލް ވަނީ 2015 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދަށް ކުރެވުނު ޖަލު ހުކުމާ ގުޅިގެން ނަޝިދުގެ ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އޭނާވަނީ އެއަހަރުގެ ސެޕްޓެންބަރު މަހު ރާއްޖެވެސް އައިސްފައެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.