އައު ޑޭޓާ ޕްލޭންތަކެއް އުރީދޫ އިން ތަޢާރަފް ކޮށްފި

ފުރިހަމަ ޑޭޓާ އެލަވަންސްތަކާއި ޚާއްސަ ފައިދާތަކެއް ހިމެނޭ މުޅިން އައު ޑޭޓާ ޕްލޭންތަކެއް އުރީދޫ އިން ތަޢާރަފްކޮށްފިއެވެ. އެއާއެކު  "ރާއްޖޭގެ އެންމެ ހަލުވި 4ޖީ ނެޓްވަރކުގައި" މޮބައިލް އިންޓަނެޓް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށްއިތުރު ފުރުސަތުތަކެއް ކަސްޓަމަރުންނަށް ހުޅުވާލައިފައިވާ ކަމަށް އުރީދޫން ވިދާޅުވިއެވެ.

"އުރީދޫގެ މޮބައިލް އިންޓަނެޓް ބޭނުންކުރާ ކޮންމެ ބޭފުޅެއްވެސް ހިތްހަމަޖެހޭފަދަ، ހިތްގައިމު ތަޖުރިބާއެއް ފޯރުކޮށްދިނުމަށް، ފެށުނީއްސުރެ އަޅުގަނޑުމެން ޚާއްސަ އިސްކަމެއްދެން. މިއީ، ދިވެހިންގެ ތެރެއިން އެންމެ ގިނަ ބޭފުޅުން މޮބައިލް އިންޓަނެޓްގެ ޚިދުމަތް ހޯއްދަވާ ނެޓްވޯކަށް އުރީދޫ ވުމުގެ ފަހަތުގައިވާ އެންމެ މުހިއްމު ސަބަބުކަމަށް އަޅުގަނޑު ގަބޫލުކުރަން،" އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވެފައިވަނީ މިއަދު ތަޢާރަފް ވެގެންދިޔައީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކޮށްފައިވާ މުޅީން އައު ޑޭޓާ ޕްލޭންތަކެއް ކަމަށެވެ.

މިޑޭޓާ ޕްލޭންތަކަކީ މަހުންމަހަށް، ހަފްތާއިން ހަފްތާއަށް އަދި ދުވަހުން ދުވަހަކަށް ޑޭޓާ ހިމެނޭ ގޮތަށް ތަޢާރަފްކުރު ޕްލޭންތަކެއް ކަމަށެވެ. އިތުރު މަޢުލޫމާތު  www.ooredoo.mv/data  މިލިންކުން ލިބޭނެ ކަމަށް އުރީދީން ވިދާޅުވިއެވެ.

އެންމެ ފުރިހަމަ އަދި އެންމެ ބޮޑު ޑޭޓާ އެލަވަންސްތައް އެކުލެވޭ އުރީދޫގެ މޮބައިލް ޑޭޓާ ޕެކޭޖުތަކަށް ވަނީ ރާއްޖޭގެ ރައްޔިތުންގެ ވަރަށްބޮޑު މަގުބޫލުކަމެއް ލިބިފައި ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ. މި ޑޭޓާ ޕެކޭޖްތައް ފަރުމާކުރެވިފައިވަނީ، ކޮންމެ ކަސްޓަމަރެއްގެވެސް ތަފާތު ބޭނުންތަކަށް އެކަށޭނަ ގޮތަކަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ހަމަ އެގޮތަށް އުރީދޫ އެޕްގައި ހިމަނާފައިވާ މަގޭ ޕްލޭން ޚިދުމަތް މެދުވެރިކޮށް، ކަސްޓަމަރުން ބޭނުންވާގޮތަށް އެލަވަންސާއި ފްރީ މިނިޓް އަދި މުއްދަތު ޚިޔާރުކޮށްގެން، އަމިއްލަ އަށް ޕްލޭންތައްވެސް ފަރުމާކުރެވޭނެ ކަމަށް އެކުންފުނީން ވިދާޅުވެފައިވެއެވެ.

އުރީދޫގެ އައު ޑޭޓާ ޕޯޓްފޯލިއޯ އަދި ތަފާތު އިތުރު ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ހޯއްދެވުމަށް، www.ooredoo.mv އަށް ޒިޔާރަތްކުރުމުން މަޢުލޫމާތު ފެންނަން ހުންނާނެ ކަމަށްވެސް އުރީދޫ މޯލްޑިވްސް އިން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.