އެކްސެލް ސްކޫލުގެ 200 ދަރިވަރަކަށް ކަނޑުގެ މާހައުލާ ބެހޭ މަޢުލޫމާތުދީފި

ޕްރީސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކަނޑުގެ މާހައުލާއި، އެމާހައުލުގައި އުޅޭ ދިރުންތަކާއި ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެކްސެން އިންޓަރނޭޝަނަލް ޕްރީސްކޫލުގެ އެސްކޭޖީ ކުލާސްތަކުގެ 200 ދަރިވަރަކަށް މިއަދު ހިންގައިފި ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަދުގެ ޕްރޮގްރާމުގައި ކުދިންނަށް މައުލޫމާތު ދީފައިވަނީ މެރިން ރިސާޗު ސެންޓަރަށް ގެންގޮސްގެންނެވެ. މިއީ އެސްކޫލްގެ އެސް.ކޭޖީގެ ކަރިކިއުލަމްގައި ހިމެނޭ "އަނޑަރ ދަ ސީ" މޮޑިއުލްގެ މަޢުލޫމާތު އެންމެ އެކަށޭނަ ގޮތެއްގައި ދަރިވަރުންނަށް ދިނުމަށް ބޭއްވި ހަރަކާތެކެވެ. އެމައުލޫމާތު ދިނުމަށްޓަކައި ވަނީ އިންޓަރެކްޓިވް ސެޝަންތަކެއް ބާއްވައިފައެވެ.  އޭގެ ތެރޭގައި ކަނޑުގެ މާހައުލީ ނިޒާމްތަކާއި، އެނިޒާމްތަކުގައިވާ ދިރުންތަކާއި، މެރިކަލްޗަރކުރުމުގެ މަޢުލޫމާތު އެކުވެރި މަޖާ މާހައުލެއްގެ ތެރެއިންވަނީ ފޯރުކޮށްދެވިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

"މިފަދަ ޕްރޮގްރާމްތައް ބޭއްވުމުގެ މަޤްޞަދަކީ، ސްކޫލް ކުދިންނަށް ޅައުމުރުގައި ކަނޑުގެ ދިރުންތަކުގެ މަޢުލޫމާތުދީ، އެދިރުންތަކަށް އަހުލުވެރިކޮށް އެކުދިންގެ ހިތްތަކުގައި ލޯބި ޖެއްސުމެވެ. އަދި، ތިމާވެއްޓާއި ކަނޑުގެ ދިރުންތަކަށް ލޯބިކުރާ މުޖުތަމަޢުއެއް ބިނާކުރުމެވެ. ކުރިޔަށް އޮތް ތަނުގައި މިފަދަ ޕްރޮގްރާމްތައް އެހެން ސްކޫލްތަކާއިވެސް ގުޅިގެން ކުރިޔަށް ގެންދިއުމަށް ގަސްތުކުރެވިފައިވެއެވެ." މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.