ލަންކާގައި ބުދުތަކަކަށް ގެލުންދިންކަމަށް ތުޙުމަތު ކުރެވޭ ދިވެއްސަކު ހޯދަން އެޤައުމުގެ ފުލުހުން އާއްމުކޮށް އިޢްލާންކޮށްފިއެވެ. ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި ހޯދާ ދިވެއްސަކީ އުމުރުން 30-35 އަހަރާ ދެމެދުގެ މީހެކެ އެވެ.
ތުހުމަތު ކުރެވޭ ދިވެހި މީހާ ހޯދުމަށް ލަންކާ ފުލުހުން އާއްމުކޮށްފައިވަނީ އޭނާގެ ސިފަކަމަށް ބެލެވޭ ކުރެހުމެކެވެ. ތުޙުމަތުކުރެވޭ ދުވެއްސަކީ ލަންކާގެ މަނަވެއްލާގައި އެކި ދުވަސް މަތިން ބުދުތަކަށް ގެއްލުންދިނުމުގައި ބައިވެރި މީހުންގެ ތެރޭގައި ހިމެނޭ މީހެއްކަމަށް ވަނީ ތުޙުމަތުކޮށްފައެވެ. އެމައްސަލައިގައި ކުރިން ހައްޔަރުކޮށްފައި ވަނީ ލަންކާގެ ބައެކެވެ. ތުޙުމަތުކުރެވޭ ދިވެހި މިހާ ހޯދުމަށް ލަންކާގެ ފުލުހުން ވަނީ އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.