ޝަރަފުއްދީން ސްކޫލުގެ މޮޅު ދަރިވަރަކަށް ލޫތު ހޮވައިފި

ރޭގެ ޖަލްސާގައި ލޫތަށް އިނާމް ދެނީ: ފޮޓޯތައް ޒަޔާން

މިދިޔަ އަހަރު ޝަރަފުއްދީން ސްކޫލުގެ ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރަކަށް ގްރޭޑު 10 ޑީގެ ދަރިވަރު އިބްރާހީމް ލޫތު ނަޒީރު ހޮވައިފިއެވެ.

 

ޝަރަފުއްދީން ސްކޫލުގައި ރޭ ބޭއްވި މިދިޔައަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި އޭނާއަށް އިނާމް ޙަވާލުކޮށްދެއްވީ އެ ސްކޫލުގެ ކުރީގެ ދަރިވަރު އަދި ރޭގެ ޖަލްސާގެ ޝަރަފުވެރި މެހުމާން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.

ރޭގެ ޖަލްސާގައިވަނީ މިދިޔައަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ތިން ދަރިވަރުން އިޢުލާންކޮށް އިނާމު ދީފައެވެ. އެއްވަނައަށް ލޫތު ހޮވާފައިވާއިރު ދެވަނަށް ހޮވާފައިވަނީ 10 ބީ ގެ ދަރިވަރު މުޙައްމަދު ނިޝްވާން ބަޝީރެވެ. ތިންވަނައަށް ހޮވާފައިވަނީ 10 ޑީ ގެ ދަރިވަރު އިސްރާ މުޙައްމަދު ނަޢީމެވެ. އެ ޖަލްސާގައިވަނީ މިދިޔައަހަރު އެސްކޫލުން އެންމެ ރަނަގަޅު ނަތީޖާ ހޯދި ފަސް ދަރިވަރުން އިޢުލާންކޮށް އެ ދަރިވަރުންނަށް ވެސް އިނާމްދީފައެވެ.

ރޭގެ ޖަލްސާގައި ޝަރަފްވެރި މެހުމާން ވިދާޅުވީ ދަރިވަރެއްގެ ކިޔެވުމުގެ ހަޔާތް ކާމިޔާބުކޮށް އަމަލީ މައިދާނުގައި ކުރިއަށްދާން ބޭނުންވާ ކަމަށްވާނަމަ ސްކޫލް ދައުރުގެ ރަޙުމަތްތެރިންނަކީ ރަނގަޅު ބައެއް ކަމަށް ހަދަންޖެހޭ ކަމަށެވެ. އެއީ އެމަނިކުފާނުގެ ތަޖުރިބާ ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކަމެއް ކާމިޔާބުކުރަން މަސައްކަތް ފެށުމަށްފަހު ފުރަތަމަ އަދި ދެވަނަ ފަހަރަށް ފޭލިވިޔަސް އުންމީދާއި ހިތްވަރު ދޫކޮށްނުލައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ކާމިޔާބަކީ މަސައްކަތުން ހޯދޭނެއެއްޗެއް ކަމަށްވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.