ދެ މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ބަންޑު ޖަހައިލައިފި

ދެ ދިވެހީންނާއެކު ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހައިލައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ އެ ދޯނި ބަންޑު ޖަހައިލީ ގދ. ހޮއޮޑިގަލާ ކައިރިއަށް ކަމަށެވެ. އެމްއެންޑީއެފް ސިފައިން އެ ދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ސަލާމަތުން ތިއްބާ ވަނީ ފެނިފައެވެ.

ބަންޑުން ޖަހާލައިފައިވަނީ "އިބާ" ނަމަކަށް ކިޔާ 46  ފޫޓުގެ ދޯންޏެކެވެ. ދޯނި ބަންޑުންޖަހާލި ކަމިގެ މަޢުލޫމާ އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 22:21 ގައި ކަމަށް ޢާޒިމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.