ދުއްވާފައިދިޔަ ދެ ސައިކަލް ޖެހި އައްޑޫސިޓީ މަރަދޫފޭދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އެކެއްގެ ނޭފަތް ފަޅައިގެން ހިނގައްޖެއެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އެއް ސައިކަލް ދުއްވި ޒުވާނާއަށް ކަމަށެވެ. އޭނާއަށް ފަރުވާ ދިނުމަށްޓަކައި ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މަރަދޫފޭދޫ ހުކުރުމިސްކިތް ކައިރީ ގައި ހިނގި މިއެކްސިޑެންޓުގައި ދެ ސައިކަލަށްވެސް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ. ދެ ސައިކަލް ދުއްވި ދެމީހުންގެ އަތުގައިވެސް ޑްރައިވިން ލައިސަންސް އޮވެއެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރައްވަމުންނެވެ.