ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތަ ކަނޑައަޅާ ޤަވާއިދު އެކުލަވާލުމަށްފަހު ބާކައުންސިލުން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފިއެވެ.
އެ ޤަވާއީދު ބުނާގޮތުގައި ޤާނޫނީވަކީލުކަމުގެ ހުއްދަދެވޭނީ ޤަވާޢީދުގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. އެގޮތުން ފާހަގަކޮށްފައިވާ މުހިންމު ނުކުތާ ތަކަށް ބަލާއިއިރު ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް އޮތުމާއި، ބާ އިމްތިހާނާއި ތަމްރީން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވުން ހިމެނެއެވެ.

ބަރ ކައުންސިލުން އާދީއްތަ ދުވަހު އާންމުކޮށްފައިވާ ޤަވާޢިދުގައި ބުނެފައިވާ ގޮތުން ބަރ އިމްތިހާނުގައި ހިމަނާނެ ސުވާލުތައް ކަނޑައަޅައި، ޖަވާބު ސްކީމް ތައްޔާރުކޮށް، ބަރ އިމްތިހާނު ބާއްވާނެ ތާރީހުތައް ކަނޑައަޅައި، އެ އިމްތިހާނުތައް ބޭއްވުމުގެ އެންމެހާ އިންތިޒާމުތަކެއް ހަމަޖައްސާނީ އެގްޒެކެޓިވް ކޮމިޓީންނެވެ. އެ އިމްތިހާނަކީ ކޮންމެ އަހަރަކު މަދުވެގެން އެއްފަހަރު ބާއްވާނެ އިމްތިހާނެކެވެ.
ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ބަރ ކައުންސިލަށް ހުށަހަޅަންވާނީ، ވަކި އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ވެސަ ޤަވާޢިދުގައި ވަނީ ބުނެފައެވެ. އެ ޤަވާޢިދުގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ހުއްދައަށް އެދި ހުށަހެޅުމުން ބަޔާންކޮށްފައިވާ ޝަރުތުތައް އެ ފަރާތެއްގެ ކިބައިގައި ފުރިހަމަވެފައިވާކަން ލައިސެންސިންގ ކޮމިޓީން ކަށަވަރު ކުރަންޖެހޭ ކަމަށް ވެސް ޤަވާޢިދުގައި ބުނެފައިވެއެވެ. އޭގައި ބުނެފައިވާ ގޮތުން ޤާނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާގޮތުގެ މަތިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރެއްގެ ކުރިމަތީގައި ޤާނޫނީ ވަކީލު ކަމުގެ ހުވާކުރުމުގެ އިންތިޒާމު އެގްޒެކެޓިވް ކޮމިޓީން ހަމަޖައްސަންވާނެއެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުންތައް ދިރާސާކުރުމަށްފަހު ގާނޫނީ ވަކީލުކަމުގެ ހުއްދަ އެ ފަރާތްތަކަށް ދިނުމާމެދު ގޮތެއް ނިންމާނީ ލައިސެންސިންގ ކޮމިޓީގެ ލަފާގެ މަތިން ކަމަށްވެސް ޤަވާޢިދު ބުނެފައިވެއެވެ.