ކީރިތި ރަސޫލާ (ސއވ) އަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ އެމްޑީއެންއާމެދު ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙުގެ ސަރުކާރުން ޤާނޫނީ އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވުމާއި ގުޅިގެން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ މުޙަންމަދު އިޔާޒް އަބްދުއްލަތީފް ޔާމީނަށް ސުވާލެއް ކުރިމަތި ކުރައްވައިފިއެވެ.
ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ރިޕޯޓު ނެރުމާއެކު އެކަމާ ދެކޮޅަށް އެންމެ ފުރަތަމަވެސް ތެދުވެވަޑައިގެންނެވި އިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ އިޔާޒް، ކުރީގެ ރައީސް ޔާމީން ރޭ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ "ލާދީނީ ޓެރަރިސްޓް އެމްޑީއެން" އިން ރަސޫލާއަށް ފުރައްސާރަކޮށް ރައީސް ޔާމީންގެ ވެރިކަމުގައި ރިޕޯޓު ނެރުނުއިރު އެ ޖަމްއިއްޔާއާމެދު އޭރު ފިޔަވަޅު ނޭޅުއްވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި އެމްޑީއެންއާމެދު ފިޔަވަޅު އޭރު ނޭޅުއްވީ ދެވަނަ ދައުރަކަށް ރައީސް ޔާމީން ހޮވައި ދެއްވައިފިނަމަ ފިޔަވަޅު އަޅަންތޯވެސް ޑރ އިޔާޒް ސުވާލު ކުރައްވާފައި ވެއެވެ.
ޑރ އިޔާޒްގެ ޓުވީޓުގައި ރައީސް ޔާމީނަށް ދެ ސުވާލެއް ކުރިމަތި ކުރެއްވުމަށްފަހު، ރޭ ޕީޕީއެމްގެ ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ޖަވާބެއް ދެއްވުމުގެ ގޮތުން ވިދާޅުވީ އެމްޑީއެންއާމެދު ޤާނޫނީ ފިޔަވަޅު އަޅަން ރައީސް ސޯލިޙުގެ ސަރުކާރުން ފަސްނުޖެހޭނެކަން ކަށަވަރު ވެފައިވާ ކަމަށެވެ.
"ރައީސް ޔާމީންއެވެ. އެބައިމީހުންނާމެދު (އެމްޑީއެން) ޤާނޫނީ ފިޔަވަޅު އެޅުމަށް މިސަރުކާރު ފަސްނުޖެހޭނެކަން ޔަގީނެވެ. އިންޝާﷲ" ޑރ އިޔާޒް ވިދާޅުވިއެވެ.
ޑރ އިޔާޒްގެ ރައްދު މިއައީ ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި އެމްޑީއެންއާމެދު ފިޔަވަޅު އެޅުމުގެ ޤާބިލުކަން ރައީސް ސޯލިޙުގެ ސަރުކާރުގައި ނޯންނާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެންނެވެ. ޔާމީން ވިދާޅުވީ މިހާރު ވެރިކަމުގައި އޮތީ "ލާދީނީ ބައިގަނޑެއް" ކަމަށާއި އެހެންވެ އެމްޑީއެންއަށް ފިޔަވަޅެއް އަޅަން މި ސަރުކާރަށް ނުކެރޭނެ ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ސަރުކާރުން މިހާރު ވަނީ އެ ޖަމްއިއްޔާ ސަސްޕެންޑްކޮށް އެ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙު ވިދާޅުވެފައި ވަނީ އެމްޑީއެންގެ އެ މައްސަލަ ތަހުގީގުކޮށް، ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ރައީސް ސޯލިޙު ވަނީ މި މައްސަލައިގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިންނާވެސް ބައްދަލު ކުރައްވައި އެކަމުގެ މަޝްވަރާ ކުރައްވާފައެވެ.
އިލްމްވެރިންނާއެކު ރައީސް ކުރެއްވި މަޝްވަރާ ތަކަށްފަހު ޑރ އިޔާޒްވެސް އަދި ބަޔެއް އެހެން ދީނީ އިލްމްވެރިންވެސް ވަނީ ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން ރައީސް އަމަލު ކުރައްވާނެ ގޮތް ވިދާޅުވުމާއި ގުޅިގެން ރައީސްއަށް ޝުކުރު އަދާކުރައްވައި ތައުރީފު ކުރައްވާފައެވެ.
Mi sarukaaru dhifaaukurumah lakka masakkatheh abakureveythaa iyaaz ah.
ޑޮކްޓަރު އިޔާޒު ކޮންމެ އެއްޗަކޭ ކިޔަސް ރައީސް ސާލިހު އަކަށް އެމްޑީއެން އަށް ފިޔަވަޅު އަޅާކައްނުކެރޭނެ ހަމަ ނަމުން ސޯލިޙު ނަމުން ޖާހިލު ސޯލިޙު ވިދާޅުވެފައި ވާނެ ނަސީދު އާއި ތިމަންނަ އާއި ޖެހޭނެ އެއްވެސް ގޮތެއް ތިމަންނަ ހިތްހަމަ ޖެހުނަސް ނުޖެހުނަސް ނޯންނާއެ ތިމަންނާ ހިތާދެކޮޅައް ކުރަންޖެހޭ ކިތަންމެ ކަމެއް މިސަރުކާރުން ތިމަންނާ އަށް ދިމާވާނެޔޭ އަދިހަމަ ސޯލިޙު ބެ ވިދާޅުވެފަ ވާނެ ގައުމު މިދަނީ ރަނގަޅު މިސްރާބު އަކަށް ނޫނޭ ސޭޚު އިޔާޒު އަށް މިއަޑުތަކެއް ނީވެނީބާ ރައީސް އަބްދުﷲ ޔާމީން އެއްޗެކޭ ވިދާޅުވާ އިރަށް ތުރުތުރު އަޅަމުން ތިތެޅެނީ
DR. Iyaaz akee ves MDN ufedhdhumugai eheetherivi meeheh. RY ah thiya suvaalu mihaaru kuraanama Iyaaz ah kuran oiy suvaalakee evaahaka nudhakkai Iyaaz Mason huree Ibu hovuneemaa ekan kuriyah gendhaan faseyha vaanethee thoa, dhemoonugeveriyaa janabi dheebala!
E meehaku kuri kameh emeehakah.eves ilmuveri eh.aharemen amilla ah faafaverinuvamaa.dhemoonuge veriyaa ey nukiyamaa
Yaameen ekanitha?
Eyru mi ilmuveruyaa hunnevee konthaan'kuthoa?
Iyaaz namaves ehen dhannabeykalakuviyas kathimagakun dhaanama buneveynee thidhevenee hama kathimagakunney.mihaaruge Raees ah sanaa kiyan Dr varah molhu.ruhumuge lolah hama aibu nufennanee.shaikh husen rasheed ah anni vareh neiy.dr iyaz ah solih vareh neiy.aharemennah hama eh irakuves MDP ge agenda kamakunudhey
Iyazu ves dhen kon vaahaka eh dhahkaakah . Thieves dhe angain vaaha dhahkaa beyfulheh
އަޔާޒު ކަލަޭތީވެސް އެމްޑީ އެންގެ ފައުޑަމެންބަރެއް އެހެންވީމާ ކަލޭތެޅި ފޮޅެނީދޯ؟