ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަ ދިފާޢީ ގުޅުމާބެހޭގޮތުން މަޝްވަރާ ކޮށްފި

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ދިފާޢީ ގާތް ގުޅުމާ ބެހޭގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓަރާއި އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފްސް އޮފް ސްޓާފް ކޮމިޓީ (ސީ.އޯ.އެސް.ސީ)ގެ ޗެއަރމަން، ޖެނެރަލް ބިޕިން ރާވަތު، މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ކުރެއްވީ އިންޑިއާގެ ޗީފްއޮފް އާމީ ސްޓާފާއި ޑިފެންސް މިނިސްޓަރ މާރިޔާއާ ދެބޭފުޅުން މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ. ބައްދަލު ކުރެއްވުން ބޭއްވީ ޑިފެންސް މިނިސްޓްރީގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ ދިފާޢީ ރޮނގުން ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވައިފައި ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި ބައްދަލުވުމުގައި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރުއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި ކާނަލް ޢަބްދުލް މަތީން އަޙްމަދުގެ އިތުރުން ދެޤައުމުގެ ޑިފެންސް އެޓާޗޭއިންވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.