ކުރީގެ ޗާންސަލާ ޒެބާސްޓިއަން ކުރްޓްޒް އޮސްޓްރިޔާގެ އިންތިޚާބުގައި ކުރިހޯއްދަވައިފި

އޮސްޓްރިޔާގެ އާއްމު އިންތިޚާބުގައި ކުރި ހޯއްދެވި ޒެބާސްޓިއަން ކުރްޓްޒް

ފާއިތުވި މޭމަހުގެ ތެރޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި މަގާމުން އިސްތިއުފާދެއްވި ޗާންސަލާ ޒެބާސްޓިއަން ކުރްޓްޒް އަނެއްކާވެސް އޮސްޓްރިޔާގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގައި އަނެއްކާވެސް ކުރި ހޯއްދަވައިފިއެވެ. އެހެންނަމަވެސް އޭނާގެ ޕީޕަސްލް ޕާޓިއަށް އަޣުލަބިއްޔަތު ލިބިފައި ނުވާތީ މިފަހަރުވެސް އެކުލަވާލައްވަން ޖެހިވަޑައިގަންނަވާނީ ކޯލިޝަން ސަރުކާރެކެވެ.

ނުރަސްމީ ނަތީޖާތަކުން ދައްކާ ގޮތުގައި ކުރްޓްޒްގެ ޕީޕަލްސް ޕާޓީން ވަނީ ވޯޓުގެ %37.1 ކާމިޔާބުކޮށްފައެވެ. އެއީ 2017 ވަނަ އަހަރުގެ އިންތިޚާބުގައި އެޕާޓީން ހޯދި ވޯޓަށް ވުރެ %5.7 އިތުރު އަދަދެކެވެ.

"މިއަދު ރައްޔިތުން މިވަނީ އަހަރުމެން އަލުން އިންތިޚާބުކޮށްފައި." އުފާފާޅުކުރަމުން ދިޔަ މީހުންނާ މުޚާޠާބުކުރައްވަމުން ކުރްޓްޒް ވިދާޅުވިއެވެ

މިއިންތިޚާބުގައި އެންމެ ބޮޑު ނާކާމިޔާބީއެއް ލިބުނު އެއް ޕާޓީއަކީ ކަނާތު ފިޔައިގެ ހަރުކަށި ޕާޓީ ފްރީޑަމް ޕާޓީއެވެ. ފްރީޑަމް ޕާޓީއަށް ލިބިފައިވަނީ ވޯޓުގެ %16.7 އެވެ. އެއީ 2017 ވަނަ އަހަރުގެ އިންތިޚާބުގައި އެ ޕާޓީއަށް ލިބުނު ވޯޓަށް ވުރެ %10 މަދު އަދަދެކެވެ.

ޗާންސަލާ ޒެބާސްޓިއަން ކުރްޓްޒްގެ ކޯލިޝަން ފާއިތުވި މޭމަހު ރޫޅި އޭނާ މަގާމުން ދުރުވެވަޑައިގަތީ، ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި އޭރު އޮތް ފްރީޑަމް ޕާޓީގެ ކޮރަޕްޝަން މައްސަލަތަކެއް ބޭޒާރުވުމުން އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައެވެ.

މި ފަހަރުގެ އިންތިޚާބުގައި ދެވަނަ ހޯދާފައި ވަނީ ސޯޝަލް ޑިމޮކްރެޓްސް އެވެ. އެޕާޓީން ވަނީ %21.7 ވޯޓު ކާމިޔާބުކޮށްފައެވެ.

އިންތިޚާބުގައި ކުރި ހޯއްދުވުމަށް ފަހު ކުރްޓްޒް ވިދާޅުވީ ކޯލިޝަން ހެދުމަށްޓަކައި ހުރިހާ ޕާޓީއަކާވެސް ވާހަކަދައްކަވަން އޭނާ ހުންނެވީ ތައްޔާރަށް ކަމުގައެވެ. އޭނާއަށް އޮތް އިޚްތިޔާރުތަކަކީ ކުރީގެ ކޯލިޝަން ބައިވެރިވާ ފްރީޑަމް ޕާޓީ ނުވަތަ ގްރީންސް (14% ވޯޓު) ނުވަތަ ވިޔަފާރިވެރިންނާ ގާތް ޕާޓީ ނެއޯސް (%7.8 ވޯޓު) އެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.