ދުނިޔޭގެ ހިތުގެ ދުވަސް އެސްޓީއޯއިން ފާހަގަ ކޮށްފި

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެސްޓީއޯއިން މިއަދު ސެމިނާއެއް ބާއްވައިފިއެވެ.

މި ސެމިނަރ ބާއްވައިފައިވަނީ "ކާޑިއޯސްފިއަރ ކޮންފަރެންސް" ގެ ނަމުގައެވެ. ސެމީނަރ ބޭއްވީ އެސްޓީއޯ އާއި ޑރ. ރެޑީ ފާމާރ ގުޅިގެނެވެ. ސެމިނަރގައި އައިޖީއެމްއެޗާއި އޭޑީކޭ އަދި ޓްރީޓޮޕްގެ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވިއެވެ. ސެމިނަރ ބޭއްވީ ހޮޓެލް ޖެންގައެވެ.

‎މި ސެމިނާގައި މަޢުލޫމާތު ދެއްވާފައިވަނީ އޭޑީކޭ އާއި އައިޖީއެމްއެޗާއި އއިންޑިއާގެ އަމްރީތާ ހޮސްޕިޓަލުގެ ޑޮކްޓަރުން ކަމަށް އެސްޓީއޯ އިން ވިދާޅުވިއެވެ.

‎ހިތާއި ލޭނާރުގެ ބަލިތަކުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަހަރަކު އެތައް މިލިއަން މީހުންމަރުވަމުންދާ ކަމަށް ހިސާބުތަކުން ދައްކައެވެ. ހިތުގެ ދުވަސް ފާހަގަކުރަނީ މިފަދަ ބަލިތަކާ ބެހޭ މަޢުލޫމާތު މީހުންނަށް ފޯރުކޮށްދީ ހޭލުންތެރި ކުރުމުގެ ގޮތުންނެވެ. މިބަލީގައި އަހަރަކު 17.5 މިލިޔަން މީހުން މަރުވަމުންދާ ކަމަށް ވެއެވެ. ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ސެޕްޓެމްބަރ 28 ގައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެކިފެންވަރުގައި ގެންދަނީ މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ތަފާތު ޙަރަކާތްތައް ބާއްވަމުންނެވެ. ރާއްޖޭގައި މިދުވަސް ގެންދަނީ އެކިފަރާތްތަކުން ފާހަގަކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.