ޤައުމީ ސަލާމުގެ މިއުޒިކް ހެދި އަމަރަދޭވާ މަރުވެއްޖެ

ޤައުމީ ސަލާމުގެ މިއުޒިކް ހެދި އަމަރަދޭވާ

ރާއްޖޭގެ ޤައުމީ ސަލާމުގެ މިއުޒިކް ހެދި ސްރީލަންކާގެ ޑަބްލިއު.ޑީ އަމަރަދޭވާ މަރުވެއްޖެއެވެ.

ވަންނަކުވައްތަ ވަޑުގެ ޑޮން އަލްބާޓް ޕެރޭރާ ނުވަތަ ޢާއްމުކޮށް ކިޔާ ނަމުންނަމަ ޑަބްލިއު.ޑީ އަމަރަދޭވާ މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ޢުމުރުން 88 އަހަރުގައި އޭނާ މަރުވީ ކުއްލިއަކަށް ސިއްޙީ ޙާލު ދެރަވެގެން ސްރީލަންކާގެ ސްރީ ޖަޔަވަރަދަނެޕޫރަ ޓީޗިން ހޮސްޕިޓަލުގެ އައި.ސީ.ޔޫ ގައި ފަރުވާދެމުންދަނިކޮށެވެ. އޭނާ މަރުވީ ހިތް ހުއްޓިގެންނެވެ.  އަމަރަދޭވަ އުފަންވީ 5 ޑިސެމްބަރު 1927 ގައެވެ.

އޭނާ ރާއްޖޭގެ ޤައުމީ ސަލާމުގެ މިއުޒިކް ހަދައިދިނީ 1972 ވަނަ އަހަރުއެވެ.

މިއުޒިކްގެ ރޮނގުން ބައިނަލް އަޤުވާމީ ބައެއް އެވޯޑް ވެސް ލިބިފައިވާ އަމަރަދޭވާ އަކީ މިއުޒިކްގެ ރޮނގުން މިސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ މަޝްހޫރު މީހެކެވެ.

1947 ވަނަ އަހަރުންފެށިގެން މަރުވުމާހަމައަށްވެސް އަމަރަދޭވަ އަކީ ޔުނިވާރސިޓީ ލެކްޗަރާ އެއްގެގޮތުގައި މަސައްކަތްކުރި މީހެކެވެ. އޭނާ މަރުވިއިރު، އަންބަކާއި ތިންކުދިން އެބަތިއްބެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.