ޓެރަރިސްޓް ޖަމާޢަތްތައް ކަނޑައަޅުއްވައި އެޖަމާޢަތްތައް ރައީސް އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ. އެ ޖަމާޢަތްތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ އެލީ 17 ޖަމާޢަތެއް ކަމަށެވެ. އެހެންނަމަވެސް އެ ޢަދަދު އިތުރުވުން ނުވަތަ މަދުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ލިސްޓަކީ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ ލަފާގެ މަތިން ކަނޑައެޅުއްވި ލިސްޓެއް ކަމަށެވެ. އެ ލިސްޓުގައި ހިމެނިފައިވަނީ،
އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)
އަލް ޤައިދާ
ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
ލަޝްކަރޭ ޠައިބާ
އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ
އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް
އަބޫ ސައްޔާފް ގްރޫޕް، ބޮކޮ ހަރަމް / ބޯކޯ ހަރަމް
އަލް ޝަބާބް
އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)
ޙަރަކާތުލް ޖިހާދު އަލް އިސްލާމީ
ޖައިޝޭ މުޙައްމަދު
އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)،
ނޭޝަނަލް ތައުޙީދް ޖަމާޢަތްޖަމާޢަތު މިއްލަތޭ އިބްރާހީމް
ވިލާޔަތް އަލް ސޭލާނީ
ރައީސް ވިދާޅުވީ މިފަދަ ލިސްޓެއް އެކުލަވާލެއްވުމަށްފަހު ރައްކާކޮށްފައި ބޭއްވުމުގެ ބޭނުމެއްނެތް ކަމަށެވެ. ރައްކާކޮށްފައި ބޭއްވުމުން ޓެރަރިސްޓް ޖަމާޢަތްތަކަކީ ކޮބައިކަން އެތަންތަނަށްދާން ބޭނުންވާ މީހުންނަށް ނޭނގޭނެ ކަމަށެވެ. ލިސްޓު ޢާއްމު ކުރުމުން އެފަދަ ތަންތަނަށް ދާންބޭނުންވާ މީހުންނަށް އެމީހުންދާން އުޅޭތަން އެނގޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ސަބަބުން ރާއްޖެއިން ބޭރަށްގޮސް މިފަދަ ޖަމާޢަތްތަކާ ގުޅެން ބޭނުންވާ ފަރާތްތަކުން އެކަން ހުއްޓުވުމަށް ކޮންމެވެސް ވަރެއްގެ ފަސޭހައެއް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެމެރިކާގެ ސީއައިއޭ އާއި އިޒްރޭލުގެ މޮސާޑަކީ މި ބިންމަތީގައިވާ އެންމެ ބޮޑެތި ޓެރަރިސްޓް އޭޖެންސީ ތައް، އެކަމަކު ހުރިހައި ކާފަރުން ގުޅިގެން ހަމައެކަނި މުސްލިމުންގެ މައްޗަށް ތިޔަ އަނިޔާވެރިކަން އިޢުލާން ކުރުމުން މުނާފިގުކަން ނޫން އެއްޗެއް ފާޅެއް ނުވެއެވެ