ހައްދުންމަތީ ގަމު ގެއެއްގެ ގޯތިތެރޭގައި ހަދާފައިއޮތް މަސް ފެންގަޑަކަށް އިއްޔެ ވެއްޓި ޙާލު ސީރިއަސްވި 2 އަހަރުގެ ފިރިހެން ކުއްޖާ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
އެކުއްޖާ އައިޖީއެމްއެޗަށް ގެނެސް ފަރުވާދޭން ފަށައިފައިވަނީ ރޭގެ ވަގުތެއްގައެވެ. އައިޖީއެމްއެޗުން ވިދާޅުވީ ކުއްޖާގެ ޙާލު ވަރަށް ސީރިއަސް ކަމަށެވެ. ފަރުވާދެމުން ގެންދަނީ ވެންޓިލޭޓަރުގައި ކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ.
ކުއްޖާއާ ބެހޭ ގޮތުން އިތުރު މަޢުލޫމާތެއް ދެވޭނީ 48 ގަޑިއިރުފަހުން ކަމަށް ޑޮކްޓަރާ ހަވާލާދެއްވައި އައިޖީއެމްޗު މީޑިއާއިން ވިދާޅުވިއެވެ. އެކުއްޖާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ވެފައިނުވާ ކަމަށް ވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ތަޙުގީގު ކުރަމުން ގެންދާ ކަމަށެވެ.
Yaa rabbee.kudakujjaku ulheythanegga bahattan heyovaavaru thaneh noon.han'dhaanah annanee thankolheh kurin geygeygai hunna thirivalhuthakah kudhin vettey han'dhaan