'ޑިޕާޓްމަންޓް އޮފް ހެރިޓޭޖް' އުވި 'ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު' އުފެދިއްޖެ

ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ސަަގާފީ ތަރިކައިގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއެކު، އެ ބިލު ގާނޫނަކަށްވެ ކުރިން 'ޑިޕާޓްމަންޓް އޮފްް ހެރިިޓޭޖް' ގެ ނަމުގައި ހިންގަމުން އައި ތަން އުވި 'ސަގާފީ ތަރިކަ ރައްކާތެރިކުރާ މަރުކަޒު' އުފެދިއްޖެއެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރުުމުގެ ގޮތުން ގާނޫނުން ބަޔާންކުރާ މަސައްކަތްތައް ކުރުމަށް އެ ގާނޫން ލާޒިމުކުރަނީ 'ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ މައްޗަށެވެ.

ސަގާފީ ތަރިކައިގެ ގާނޫނުގެ 14ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި "ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގޮތުން މި ޤާނޫނުގައި ބަޔާންކުރާ މަސައްކަތްތައް ކުރުމަށްޓަކައި، "ސަގާފީ ތަރިކަ ރައްކޭތެރިކުރާ ޤައުމީ މަރުކަޒު" ގެ ނަމުގައި މަރުކަޒެއް ހުންނަންވާނެއެވެ. އަދި އެ މަރުކަޒަށް އިނގިރޭސިން ކިޔާނީ "ނޭޝަނަލް ސެންޓަރ ފޮރ ލަލްޗަރަލް ހެރިޓޭޖް" އެވެ.

ބުރާސްފަތި ދުވަހު ރައްީސުލްޖުމުހޫރިއްޔާާ އެ ގާނޫނު ތަަސްދީގުކުރެއްވުމާއެކު "ޑިޕާޓްމަންޓް އޮފް ހެރިޓޭޖް" ގެ ނަން "ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒު" އަށް ވަނީ ބަދަލުވެފައެވެ. އެހެންކަމުން ކުރިން ހެރިޓޭޖް ޑިޕާޓްމަންޓުގައި ކުރެއްވި މަސައްކަތްތަކާއި ވަސީލަތްތަކާއި ޒިއްމާތައް ވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒަށް ބަދަލުވެފައެވެ.

ތަރިކައިގެ ގާނޫނުން ތަރިކަ ރައްކާތެރިކުރުމަށް ބާރު ލިބިދޭ އިރު، ތަރިކައަށް ގެއްލުންދީ އިހުމާލުވާ ފަރާތްތަކަށް ކުށުގެ އަދަބު ކަނޑައެޅިފައިވެއެވެ. އެގޮތުން ތަރިކައިގެ ގާނޫނުގެ 54ވަނަ މާއްދާގެ (ހ)ގައި ކުށުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ އެ 10،000 (ދިހަ ހާސް) ރުފިޔާ އާއި 1،000،000 (އެއް މިލިއަން) ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އެ ފަދަ ކުށެއް ކޮށްފިކަމަށް ސަގާފީ ތަރިކައާއި ބެހޭ މަރުކަޒަށް ގަބޫލުކުރެވިއްޖެނަމަ އެކަން ތަހްގީގީ އިދާރާއަކަށް ހުށަހެޅުމަށް ވެސް މި ގާނޫނުން ލާޒިމުކުރެއެވެ.

ތަރިކައިގެ ބިލް ޑްރާފްޓްގައި ބަޔާންކޮށްފައިވާ ގޮތުގައި ތަރިކަ ރައްކާތެރިކުރުމުގެ ޒިއްމާ އުފުލުމަށް "ސަގާފީ ތަރިކަ ރައްކާތެރިކުރާ އެޖެންސީ" ގެ ނަމުގައި އިދާރާއެއް އުފައްދަންވާނެ އެވެ. ނަމަވެސް މި ބިލް ގާނޫނަކަށް ބަދަލުވެގެން އައި އިރު އެބައިވަނީ އުނިކޮށްފައެވެ.

މި ޤާނޫނުން ތަރިކަ އާއި އާސާރުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް ގާނޫނުން ބާރު ލިބިދޭނެއެވެ. ސަގާފީ ތަރިކައިގެ ގާނޫނު ތަސްދީގުކުރެއްވީ ބުރާސްފަތި ދުވަހުއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.