ވޭތުވެދިޔަ 1 އަހަރުތެރޭ 59 ކިލޯއަށްވުރެ ގިނަ މަސްތުވަތަކެތި އަތުލައިގެންފައިވޭ - ފުލުހުން

މަސްތުވާތަކެތި އަތުލައިގަތުމުިގެ އޮޕަރެޝަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ:ޕޮލިސް

ފުލުހުންގެ މަސައްކަތްތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކަށް އަމާޒުކޮށްގެންގެން  ގިނަ މަސައްކަތްތަކެއް 2015  މ މއޮކްޓޯބަރު މަހުގެ 24 ން 2016 އޮކްޓޯބަރު 24 ވަނަ ދުވަހުގެ ނިޔަލަށް މިވީ އެއް އަހަރުގެ ތެރޭގައި ކުރެވިފައިވާކަމަށާ، މިމުއްދަތުގެ ތެރޭގައި  މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކެއް ވަރަށް ކާމިޔާބުކަމާއެކު ހިންގައި 59 ކިލޯއަށްވުރެ ގިނަ މަސްތުވަތަކެތި އަތުލައިގެންފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އެގޮތުން ފުލުހުން ހާމަކޮށްފައިވާގޮތުގައި މި މުއްދަތުގެ ތެރޭގައި ހިންގުނު އެކިއެކި އޮޕަރޭޝަންތަކުގައި ޖުމްލަ 59 ކިލޯ  މަސްތުވާތަކެތިގެ އަތުލައިގެންފައިވާއިރު މީގެތެރޭގައި ހިމެނެނީ 37 ކިލޯ ހެރޮއިންއާއި 20 ކިލޯ ކެނަބިސްގެ އިތުރުން 2 ކިލޯ ކޮކެއިންއެވެ.

މީގެއިތުރުން މި މުއްދަތުގެ ތެރޭގައި  ޑްރަޑް އެންފޯސްމަންޓް ޑިޕާޓްމަންޓަށް މަސްތުވާތަކެތީގެ ބޮޑެތި 72 މައްސަލައެއް ހުށަހެޅިފައިވާއިރު  މި މައްސަލަތަކުގެ ތެރެއިން 28 މައްސަލައެއްގެ ތަހުޤީޤު ނިންމައި ދަޢުވާކުރުމަށްޓަކައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. އަދި ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 21 މައްސަލައެއްގެ ތަހުޤީޤު މިހާރުވެސް ކުރިއަށްދާއިރު 20 މައްސަލައެއްގެ ޝަރީޢަތްވެސް މިހާރު ކުރިއަށްދާކަން ފާގަހަކޮށްލެވެ. މީގެއިތުރުން ޑްރަގް އެންފޯސްމަންޓަށް ހުށަހެޅިފައިވާ މި މައްސަލަތަކުގައި ޖުމްލަ 159 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

2015 އޮކްޓޯބަރު މަހުގެ 24 ން 2016 އޮކްޓޯބަރު 24 ވަނަ ދުވަހުގެ ނިޔަލަށް، މިވީ އެއް އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ގެނެސް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އުފައްދާފައިވާ ފާރަގެމައިގެ ފާރަތައް ބޭނުންކޮށްގެން ރާއްޖޭގެ އެކި ހިސާބުތަކުގައިވަނީ ކާމިޔާބު  އެތައް އޮޕަރޭޝަންތަކެއް ހިންގާފައެވެ. އެގޮތުން މާލެ ހިމެނޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ފާރަތައް ބޭނުންކޮށްގެން ހިންގި އޮޕަރޭޝަންތަކެއްގައި ރާއްޖޭގެ 9 ސަރަހައްދަކުން މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ފާރަގެމައިގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދިނުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއްވަނީ ކޮށްފައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ނައްތާލުމަށް ކޮމިޓީއެއް އުފައްދާފައިވާއިރު މި ކޮމިޓީގެ ދަށުން 2015 އޮކްޓޯބަރު މަހުގެ 24 ން 2016 އޮކްޓޯބަރު 24 ވަނަ ދުވަހުގެ ނިޔަލަށް، މިވީ އެއް އަހަރުގެ ތެރޭގައި ވަނީ ހިކި މަސްތުވާތަކެތީގެ ތެރެއިން 1227.9880 ގްރާމް ކެނަބިސްއާއި 602.1440 ގްރާމް އޯޕީއޭޓްސް އަދި އެހެނިހެން 199 ބާވަތަކާއި 13 ފޮއިލްކޮޅާއި 7 ޕައިޕް އަދި 1145 ސެލޯފިންކޮޅުގެ އިތުރުން 2918 ރަބަރު ޕެކެޓު ނައްތާލާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.