ރިއޯޑިޖެނީރޯގެ ހޮސްޕިޓަލެއްގައި ރޯވެ، 11 މީހުން މަރުވެއްޖެ

ބްރެޒިލްގެ ދެވަނައަށް އެންމެ ބޮޑު ރަށް، ރިއޯޑިޖެނީރޯ (ރިއޯ) ގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވުމުގެ ސަބަބުން 11 މީހުން މަރުވެއްޖެއެވެ.

ރިއޯގައި އަމިއްލަ ފަރާތަކުން ހިންގާ ބަޑިމް ހޮސްޕިޓަލުގައި ބުރާސްފަތި ދުވަހުރޭ އިރު އޮއްސުނު ވަގުތު އަލިފާން ރޯވުމާއެކީ ބަލިމީހުން ވަނި އެހެން ތަންނަތަނަށް ބަދަލުކޮށްފައެވެ. ޚަބަރުތައް ބުނާ ގޮތުގައި ހޮސްޕިޓަލުގެ ކައިރީގެ މަގުތަކުގެ ދުވާރު މަތީގައި ސްޓްރެޗާތަކާއި، ފުރޮޅުލީ ގޮނޑީގެ ކިޔޫއެއް އޮތެވެ.

އެހެން ތަންތަނަށް ބަދަލުކުރެވުނު ބައެއް މީހުންނަކީ އައިސީޔޫގައި ފަރުވާދެމުން ދިޔަ މީހުންނެވެ.

ހޮސްޕިޓަލުގެ އިސް ފަރާތްތަކާ ހަވާލާދީ ބައެއް ފަރާތްތަކުން ޚަބަރުދޭ ގޮތުގައި އަލިފާން ރޯވީ ކަރަންޓު ޝޯޓެއްގެ ސަބަބުންނެވެ. އަލިފާންގަނޑު ކޮންޓުރޯލުކުރެވުނީ އެ ރޭ 8 ޖެހި އިރު (ރާއްޖޭ ގަޑިން ހުކުރު ދުވަހު ފަތިހު 3 ޖެހި އިރު) އެވެ.

ރިއޯގެ ފަޔާ ޑިޕާޓްމަންޓުން ބުނި ގޮތުގައި ބަލި މީހުންގެ 90 މީހުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނެވެ. އަދި ބޯ ދުމުގެ އަސަރުކޮށްގެން އަލިފާން ނިއްވާ ދިހަ މީހަކަށް ފަރުވާދޭން ޖެހުނެވެ.

ބަޑިމް ހޮސްޕިޓަލަކީ 15 ހާސް 700 އަކަފޫޓުގެ ސަރަހައްދެއްގައި ބިނާކޮށްފައިވާ 128 އެނދުގެ ހޮސްޕިޓަލެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.