އިސްރާއީލުގެ ސިފައިން އަނެއްކާވެސް ފަލަސްޠީނުގެ ޒުވާނަކު ޝަހީދުކޮށްލައިފި

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ރަށެއް ބެއިތް އުއްމަރުގައި އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ޢުމުރުން 23 އަހަރުގެ ޒުވާނަކު ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ވިދާޅުވާގޮތުގައި މި ޒުވާނާ ޝަހީދުކޮށްލާފައިވަނީ އޭނާގެ ގަޔަށް ބަޑި ޖަހައިގެންނެވެ.

ކާރެއްގައި ދުއްވާފއިދަނިކޮށް ޝަހީދުކޮށްލާފައިވާ މިޒުވާނާ އުޅުނީ އިސްރާއީލްގެ ސިފައިންނަށް ޙަމަލާދޭންކަމަށް އެމީހުން ތުހުމަތުކުރެއެވެ.

ކޮންމެ ދުވަހަކުހެން ފަލަސްޠީނުގެ ކުށެއްނެތް އެތައް ބަޔަކު ޝަހީދުކުރަމުންދާ އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގައި މި މަހު އެކަނިވެސް ފަލަސްތީނުގެ ކުށެއްނެތް ޢާއްމުންގެ 224 މީހަކުވަނީ ޝަހީދުކޮށްލާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.