ޝަރުޢީ ދާއިރާ : މިދިޔަ ހަފްތާގައި 451 މައްސަލަ ނިންމައިފި

މި މަހުގެ 16 އިން 22 ގެ ނިޔަލަށް ނިމުނު ހަފުތާގެ ތެރޭގައި ހައިކޯޓު އަދި ސުޕީރިއަރ ކޯޓުތަކުން 202 މައްސަލަ ނިންމާފައިވާއިރު، މެޖިސްޓްރޭޓް ކޯޓުތަކުން ޖުމްލަ 249 މައްސަލަ ނިންމާފައިވެއެވެ. އެގޮތުން މިހަފްތާ ތެރޭގައި ޖުމުލަ 451 މައްސަލަ ކޯޓުތަކުން ނިންމާފައިވެއެވެ. މި ނަތީޖާއަށް ބަލާއިރު، އެ ހަފުތާގައި މެޖިސްޓްރޭޓަކު އެވްރެޖްކޮށް 1.9 މައްސަލަ ނިންމާފައިވާކަން ފާހަގަކުރެވެއެވެ. އަދި މެޖިސްޓްރޭޓު ކޯޓުތަކުގައި މިހަފްތާގައި ޖުމުލަ 656 އަޑު އެހުން ބާއްވާފައިވެއެވެ.

09 އޮކްޓޫބަރު 2016 އިން 15 އޮކްޓޫބަރު 2016 އަށް މެޖިސްޓްރޭޓު ކޯޓުތަކުގެ ކްލިއަރެންސް ރޭޓަކީ 101.5% އެވެ. އެހެންނަމަވެސް، 16 އޮކްޓޫބަރު 2016 އިން 22 އޮކްޓޫބަރު 2016 އަށް މި ރޭޓު ހުރީ 87.4% ގައެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅައިބަލާއިރު، 14.1% ގެ ދަށްވުމެކެވެ.

11

09 އޮކްޓޫބަރު 2016 އިން 15 އޮކްޓޫބަރު 2016 އަށް ޗުއްޓީގައި ތިއްބެވީ 15 މެޖިސްޓްރޭޓުންނެވެ. އަދި އެ ހަފްތާގައި އެއް މެޖިސްޓްރޭޓަކު ޙާޟިރުނުވާ ކަން ފާހަގަކުރެވިފައިވާއިރު، 15 މެޖިސްޓްރޭޓުން ސަލާމުގެ ޗުއްޓީގައި ތިއްބެވިކަން ފާހަގަކުރެވެއެވެ. ސަލާމުގައި ތިއްބެވި މެޖިސްޓްރޭޓުންގެ ތެރެއިން 08 މެޖިސްޓްރޭޓަކު އެއް ދުވަހު ސަލާމުގައި ހުންނެވިއިރު، 05 މެޖިސްޓްރޭޓަކު 02 ދުވަހު ސަލާމުގައި ތިއްބެވިކަން ވަނީ ފާހަގަކުރެވިއެވެ. އަދި 5 ދުވަހު ސަލާމުގައި 2 މެޖިސްޓްރޭޓުން ތިއްބެވިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގައި ތިއްބެވި 07 ފަނޑިޔާރުންނާއި، ސުޕީރިއަރ ކޯޓުތަކުގެ 38 ޤާޟީންނާއި، އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާ ޖުމްލަ 129 މެޖިސްޓްރޭޓުންނާއެކު، 16 އޮކްޓޫބަރު 2016 އިން 22 އޮކްޓޫބަރު 2016 ގެ ނިޔަލަށް ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތައި ތިއްބެވި ފަނޑިޔާރުންގެ ޢަދަދަކީ 174 އެވެ.

މަޢުލޫމާތު : ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.