ޕީޕީއެމް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާޢީދުކުރުމުން އެމައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

މިމައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ޕީޕީއެމްގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމުގެ ފަރާތުންނެވެ.

މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ ސ. ހުޅުދޫ ފެންފިޔާޒު ވިލާ، އައްބާސް ވާފިރެވެ. އޭނާއަކީ މިމައްސަލައާ ގުޅުންހުރި މީހެއްނޫނެނެވެ. މިމައްސަލަ އިސްތިއުނާފުކުރުމަށް އޭނާ ހުށަހެޅީ މައްސަލަ ރައީސް މައުމޫނުގެ ފަރާތުން މައްސަލަ އިސްތިއުނާފުކުރަން ތައްޔާރުވަމުންދަނިކޮށެވެ.
އޭނާ ހުށަހެޅި މައްސަލައިގެތެރއަށް ރައީސް މައުމޫންވަނީ ތަދައްޚުލުވެވަޑައިގެންފައެވެ.

މިމައްސަަލާގައި ހައިކޯޓުންވަނީ ދަށުކޯޓުގެ ޙުކުމަށް ތާޢީދުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.