ސިޔާސީ ނުފޫޒުގެ ފަރުދާގެ ފުރަގަހުން ފަނޑިޔާރުންނަށް ދެނެއް ހިމާޔަތެއް ނުލިބޭނެ: ޙިސާން

ސިޔާސި ނުފޫޒުގެ ފަރުދާގެ ފުރަގަހުގައި ފޮރިވިގެންތިބެ ފަނޑިޔާރުންނަށް ދެނެއް ހިމާޔަތެއް ނުލިބޭނެ ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރ ޖުޑީޝަލް ސާރަވިސް ކޮމިޝަންގައި ރައްޔިތުންގެ މަޖިލީސް ތަމްޞީލްކުރައްވާ މެމްބަރ ޙިޞާން ޙުޞައިން ވިދާޅުވެއްޖެއެވެ.

ސްޕްރީމް ކޯޓްގެ ފަނޑިޔާރު ކަމުން ޢަބްދުﷲ ދީދީ ވަކިކުރުމުގެ މައްސަލައިގެ ބަހުސްގައި ވާހަކަ ފުޅުދައްކަވަމުން ޙިޞާން ވިދާޅުވީ

ޖުޑިޝަރީ އިސްލާޙު ކުރެވޭއިރު، ސިޔާސީ ނުފޫޒުގެ ތެރޭގައި ފޮރުވިގެން ތިބެކަންތައްތައް ނުކުރެވޭނެކަން ފަނޑިޔާރުންނަށް ޤަބޫލުކުރެވެންޖެހޭ ކަމުގައެވެ.

"މައްސަލައެއް ބެލޭ ކޮންމެ ފަހަރަކު އެފަނޑިޔާރަކު ސިޔާސީ ކޮންމެވެސް ފަރާތެއްގެ ގާތަށް ގޮސް ވާހަކަ ދައްކާ، ލޮބީކޮށްގެން ތިމަންނައާމެދު އެޅޭ ފިޔަވަޅު ބަދަލުކުރަން އެދުން. އަދި ސިޔާސީ ފަރާތްތަކުން މިގޮތަށް ޢަމަލުކުރުން އެއީ ހުށަޓުވެންޖެހޭ ކަމެއް. އަޅުގަނޑުމެންނަށް މިއަދު ފެންނަނީ މިގޮތަށް، ސިޔާސި ނުފޫޒުގެ ފަރުދާގެ ފުރަގަހުގައި ފޮރޮވިގެން ތިބެ ފަނޑިޔާރުންނަށް އިމްޕިޔުޓީ (ހިމާޔަތް) ނުލިބޭނެކަން" ޙިޞާން ވިދާޅުވިއެވެ.

ޢަބްދުﷲ ދީދީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ރިޕޯޓަށް ބަހުސް ކުރައްވަމުން ހިސާން ވިދާޅުވީ ހިސާން ވިދާޅުވީ ކުރިން ރައްޔިތުންނަށް ޤަބޫލު ކުރެވިފައި އޮންނަނީ ފަނޑިޔާރުންގެ ގައިގައި އަތްނުލެވޭނެ (ފިޔަވަޅެއް ނޭޅޭނެ) ކަމަށް ކަމަށް ޙިޞާން ވިދާޅުވިއެވެ. އަދި ފަނޑިޔާރުން ވެސް މަސައްކަތް ކުރައްވަމުން ގެންދެވީ ވެސް އެމީހުންނާ ދެކޮޅަށް ފިޔަވަޅެއް ނޭޅޭނެ ކަމަށް ޤަބޫލު ކުރައްވައިގެން ކަމަށް ޙިސާން ފާހަގަ ކުރެއްވި އެވެ. އެހެން ކަމުން ޢަބްދުﷲ ދީދީ ސްޕްރީމް ކޯޓް ފަނޑިޔާރުކަމުން ވަކިކުރުމަކީ ޝަރުޢީ ނިޒާމު ހަރުދަނާ ކުރުމަށް އެޅޭ ބިންގަލެއްގެ ގޮތުގައި ޙިޞާން ސިފަކުރެއްވިއެވެ.

ސްޕްރީމް ކޯޓްގެ ފަނޑިޔާރެއް ވަކިކުރުމުގެ މައްސަލައަކީ ކުޑަކަމެއްނޫންކަން ޙިސާން ފާހަގަ ކުރެއްވިއެވެ. މިމައްސަލަ ދިރާސާ ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށް ވެސް ޙިސާން ވިދާޅުވިއެވެ. ޢަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ގެނެވިފައިވަނީ ހުރިހާ އިޖްރާތުތައް ފުރިހަމަ ކޮށްފައިކަން އެހެން މެމްބަރުންވެސް ފާހަގަ ކުރެއްވިއެވެ.

ޖުޑިޝަރީ އިޞްލާޙްކޮށް ރައްޔިތުންގެ ޢިތުބާރު ހޯދުމަށް އަޅަންޖެހޭ ފިޔަވަޅު ތަކަކީ، ފަނޑިޔާރުންނާ ގުޅޭ ސްލޫކީ މައްސަލަތައް ބެލޭނެ މުޢައްސަސާއެއް އެބަ އޮތްކަން ރައްޔިތުންނަށް ޤަބޫލުކުރެވި އެ މުޢައްސަސާ މަސައްކަތް ކުރާތަން ރައްޔިތުންނަށް ފެނުން ކަމަށް ޙިސާން ފާހަގަ ކުރެއްވިއެވެ. އަދި ފަނޑިޔާރުންގެ މައްޗަށާއި ކޯޓްތަކުގެ މައްޗަށާއި ރަޔިތުންގެ މައްޗަށް ސްޕްރީމް ކޯޓްގެ ނުފޫޒު ފޯރުވޭނެ އެއްޗެއް ނޫންކަން ރައްޔިތުންނަށް ޤަބޫލު ކުރެވުން ވެސް އެއި ސަރުޢީ ނިޒާމަށް ރައްޔިތުންގެ ޢިތިބާރު ހޯދުމަށް ކުރައްވަން ޖެހޭ ކަމެއްކަން ފާހަގަ ކުރެއްވިއެވެ.

"މިކަންތައްތައް މިގޮތަށް ބައްޓަން ވެގެން އައިމާ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ރައްޔިތުންގެ ޢިތުބާރު ސްޕްރީމް ކޯޓާ ދެތޭގައި އުފެދޭނެ . އަދި ހަމަ އެއާ އެކު މިހާރު ތިބި ފަނޑިޔާރުންގެ ތެރެއިން މިފަދަ "މުޑުދާރު" ޢަމަލުތައް ހިންގާ ފަނޑިޔާރުން ވަކިކޮށް އިޞްލާހީ ވިޔަވަޅު އަޅާ ތަމްރީނު ދޭން ޖެހޭ ފަނޑިޔާރުންނަށް އެ ތަމްރީނު ދިނުމަކީވެސް މުހިންމު ކަމެއްކަމަށް އަޅުގަނޑު ދެކެން

މިއަދު އަޅުގަނޑުމެންނަށް މިއެޅެނީ ޖުޑިޝަރީ އިސްލާޙުކުރުމުގެ ބިންޤާ އިރާދަ ކުރެއްވިއްޔާމުން އަޅުގަނޑުމެންގެ މިމަސައްކަތް ކާމިޔާބުވެ ދިވެހި ރައްޔިތުން އެދޭ ޒާތުގެ "ތާހިރު" ޝަރުޢީ ދާއިރާއެއް ޝަރުޢީ ނިޒާމެއް އަޅުގަނޑުމެން މިޤައުމުގައި ބިނާ ކުރާނަން ޙިޞާން ވިދާޅުވިއެވެ.

ޢަބްދުﷲ ދީދީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި މިއަދު ވޯޓަށް އައްސަވާ ގޮތެއް ނިންމަވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.