ތުލުސްދޫ އޮފީސްތަކުގެ ފުޓްސަލް މުބާރާތުގެ ފައިނަލަށް ތުލުސްދޫ ޕޮލިސް ޓީމު

ކ. ތުލުސްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ތުލުސްދޫގައި ހުރި ސަރުކާރު މުއައްސަސާތަކުގެ މެދުގައި ބާއްވާ ތުލުސްދޫ އޮފީސްތަކުގެ ފުޓްސަލް މުބާރާތުގެ ފައިނަލުން ތުލުސްދޫ ޕޮލިސް ޓީމު ޖާގަ ހޯދައިފިއެވެ.
ތުލުސްދޫ ޕޮލިސް ޓީމު ފައިނަލުން ޖާގަ ހޯދީ އިއްޔެ ހަވީރު ތުލުސްދޫ ސްކޫލާ ވާދަކުރި މެޗު ފަސޭހަކަމާއެކު ކާމިޔުކޮށްގެންނެވެ. މިމެޗު ތުލުސްދޫ ޕޮލިސް ޓީމުން ކާމިޔާބުކުރީ 13-5 ލަނޑުގެ ނަތީޖާއަކުންނެވެ. މި މުބާރާތުގައި ތުލުސްދޫ ޕޮލިސް ޓީމުން މިހާތަނަށް 5 މެޗު ކުޅެފައިވާއިރު ތުލުސްދޫ ޕޮލިސް ޓީމު ފައިނަލުން ޖާގަހޯދީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާކޮށްގެންނެވެ.
މި މުބާރާތުގެ ފައިނަލް މެޗު އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު ތުލުސްދޫ ޕޮލިސް ޓީމާ ފައިނަލުގައި ވާދަކުރާ ޓީމެއް އެނގިގެންދާނީ މިއަދާއި މާދަމާ ކުޅޭ މެޗުތަކަށް ފަހުއެވެ.
ތުލުސްދޫ ކައުންސިލުން ބާއްވާ މި މުބާރާތަކީ ތުލުސްދޫގައި ހުރި ސަރުކާރު މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
މި އޮކްޓޯބަރު 15 ން 27 އަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 7 ޓީމަކުން ބައިވެރިވެފައިވެއެވެ.
ތުލުސްދޫ އޮފީސްތަކުގެ ފުޓްސަލް މުބާރާތް މިދިޔަ އަހަރުވެސް ބާއްވާފައިވާއިރު މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ތުލުސްދޫ ޕޮލިސް ޓީމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.